
މެކްސިކޯގައި މިހާރު ހިނގަމުންދާ މުޒާހަރާގެ ތެރެއިން ވެހިކަލް ތަކެއް ގައި ރޯކޮށްލާފަ
ޑުރަގުގެ ބޮޑު މީހާ މަރާލުމާއެކު މެކްސިކޯގައި މުޒާހަރާ ފަށައިފި

ރިޟްވާން މޫސާ - 23 ފެބްރުއަރީ 2026 - 18:13
މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއްކަމަށްވާ، "އެލް މެންޗޯ" މަރާލުމާ ގުޅިގެން، އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގައިފިއެވެ.
މެކްސިކޯގެ ސަލާމަތީ ބާރުތަކުން ބުނީ، ޖަލަސްކޯ ސްޓޭޓުގައި ސިފައިންނާ ދެމެދު ބަޑީގެ ޙަމަލާތައް ބަދަލުކުރުމުގެ ތެރޭގައި، މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ، ނެމެސިއޯ ރޫބެން އޮސެގުއެރާ ސެރްވާންޓޭސް "އެލް މެންޗޯ" ޒަޚަމްވެގެން، މެކްސިކޯ ސިޓީއަށް ގެންދިޔުމުގެ މަގުމަތީގައި މަރުވެފައިވާ ކަމަށެވެ.
ނެމެސިއޯ ރޫބެން އުޅޭ ނޫޅޭ ތަނެއް ނޭނގިގެން އެ މީހާއާއި ބެހޭ މައުލޫމާތުތެއް ފޯރުކޮށްދޭ ފަރާތަކަށް 15 މިލިޔަން ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް އެމެރިކާއިން އޮތީ އިޢުލާނުކޮށްފައެވެ.
މިކަމާއި ގުޅިގެން މެކްސިކޯގެ އެކި އެކި ސިޓީ ތަކުގައި ވަނީ އުޅަނދުތަކުގައި ހުޅުޖަހައި، އިމާރާތްތަކަށް ގެއްލުންދީ ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ.
ގިނަ ސްޓޭޓުތަކުގައި ޢާންމު ދަތުރުފަތުރަށް ބުރޫއަރައި، ސްކޫލްތައް ބަންދުކޮށް، ޢާންމުން ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
މެކްސިކޯގެ ރައީސް ކްލޯޑިއާ ޝައިންބައުމް ވަނީ ސަލާމަތީ ބާރުތަކަށް މަރުޙަބާ ވިދާޅުވެ، ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ގޮވާލައްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދެ އިންތިޙާބު އެއްކޮލުމަށް ރައްޔިތުން ހޭލުންތެރިކުރަންޖެހޭ: އިލެކްޝަން
7 ގަޑިއިރު ކުރިން

އިދިކީލި ކައުންސިލްތަކެއް އޮތިއްޔާ ތަރައްގީއަށް ވަރަށް އުދަނގޫ ވާނެ: ރާފިއު
8 ގަޑިއިރު ކުރިން

އެމޭޒަން އަދި އަލީއެކްސްޕްރެސް ބްލޮކެއް ނުކުރޭ: ބީއެމްއެލް
8 ގަޑިއިރު ކުރިން

ގަލޮޅު ދެކުނު ދާއިރާ ޕީއެންސީ ޖަގަހަ ހުޅުވައިފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)