logo
ބީއެމްއެލްގެ އިޝްތިހާރެއް

ބީއެމްއެލްގެ އިޝްތިހާރެއް

އެމޭޒަން އަދި އަލީއެކްސްޕްރެސް ބްލޮކެއް ނުކުރޭ: ބީއެމްއެލް

profile

ރިޟްވާން މޫސާ - 23 ފެބްރުއަރީ 2026 - 15:05

ބައިނަލްއަޤްވާމީ އީކޮމާސް ޕްލެޓްފޯމްތައް ކަމުގައިވާ އޭޒަން އަދި އަލިއެކްސްޕްރެސް ބޮލޮކްކޮށްފައިވާ ނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ބޭރުގެ ބައެއް އީކޮމާސް ޕްލެޓްފޯމްތައް ބޭންކް އޮފް މޯލްޑިވްސްއިން ބްލޮކޮށްފައިވާ ކަމަށް މީސްމީޑިއާގައި ދަނީ ފެތުރެމުންނެވެ.

މީސް މީޑިޔާގައި ފެތުރިފައި މިވާ ވާހަކަތައް ދޮގުކުރައްވައި ބީއެމްއެލް އިން ބުނެފައި ވަނީ އެއިން އެއްވެސް ޕްލެޓްފޯމަކުން ވިޔަފާރި ނުކުރެވޭނެ ފަދަ ގޮތެއް ބެންކުން އެއްވެސް ކަސްޓަމަރަކަށް ހަދާފައި ނުވާނެ ކަމަށެވެ. ނަމަވެސް ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިތުރަށް ބޭނުންކުރަން މަސައްކަތް ކުރާ ނަމަ އެ މުޢާމަލާތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ

ބީއެމްއެލްއިން ވަނީ މި ދެ ވެބްސައިޓު މެދުވެރިކޮށް ކޮށްފައިވާ މުޢާމަލާތްތަކުގެ ތަފާސްހިސާބުތަކެއް ހިއްސާކޮށްފައެވެ. މިއަހަރު ފެށުނީއްސުރެ މިދިޔަ ހަފުތާގެ ނިޔަލަށް، 58،000 މުޢަމަލާތް ހަމައެކަނި އެމޭޒަން އަދި އަލިއެކްސްޕްރެސް މެދުވެރިކޮށް ކޮށްފައިވާ ކަމަށް ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ބޭންކުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 2.33 މިލިޔަން ޑޮލަރު މިމުއްދަތުގައި މި ސައިޓުތަކަށް ޚަރަދުކޮށްފައިވެއެވެ.

ބީއެމްއެލްއިން ވަނީ ވިޔަފާރި ބޭނުންތަކަށް މުދާ ގަންނަނަމަ، ބޭންކުގެ ބިޒްނަސް ބޭންކިންގ ސޮލިއުޝަންތައް ޚިޔާރު ކުރުމަށް އިލްތިމާސްކޮށްފައެވެ. މި ޚިދުމަތްތަކަކީ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށާއި، ވިޔަފާރި މުދާ އެތެރެކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk