
އިދިކީލި ކައުންސިލްތަކެއް އޮތިއްޔާ ތަރައްގީއަށް ވަރަށް އުދަނގޫ ވާނެ: ރާފިއު

ރިޟްވާން މޫސާ - 23 ފެބްރުއަރީ 2026 - 15:05
ސަރުކާރާ އިދިކީލި ކައުންސިލްތަކެއް އުފެދިއްޖެނަމަ، މިގައުމަށް ކުރިއެރުން ގެންނަން ކުރަން ބޭނުންވާ ކަންކަން ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ގަލޮޅު ދެކުނު ކެމްޕެއިން ޖަގަހަ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުން ހޮވަން މުހިންމީ، ރައްޔިތުންގެ ފައިދާއަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އިދިކޮޅު ބަޔަކު ހޮވައިގެން، ރީޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތަކާ އެއްގޮތަށް، ކުރަން ހުރި މަސައްކަތް ކޮށް، މިގައުމަށް ކުރިއެރުން ގެންނަން ކުރަން ބޭނުންވާ މަސައްކަތް ކުރުމުގައި ދަތިކަން އިހުސާސް ވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ރާފިއު ވަނީ ޕީއެންސީގެ ބައެއް ސިޔާސަތުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން ހަމަޖެހުން، ތަރައްގީ އަދި ރައްކާތެރިކަން ހާސިލު ކުރުމަށް އެންމެންވެސް އަތުގުޅާލައިގެން ތިއްބެވުމަށް އެމަނިކުފާނު ވަނީ އިދިކޮޅު ކޯލިޝަން ތަކަށްވެސް ގޮވާލައްވާފަ އެވެ.
ރާފިއު ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުންނަކީ ވަރަށްވެސް އޯގާތެރި، ކަމޭހިތާ، މީހުންނާ ގާތް، އެކުވެރިކަމާއެކު މިހާތަނަށްވެސް މަސައްކަތް ކޮށްފައިވާ ފަރާތްތަކެއް ކަމަށާއި، އަދި އެކުގައި މަސައްކަތް ކުރެވޭނެކަން ސާބިތުކޮށްދީފައިވާ ފަރާތްތަކެއް ކަމަށެވެ.
އަދި ވިދާޅުވީ ޕީއެންސީގެ މެންބަރުންނަށް ދޭ ކޮންމެ ވޯޓަކީވެސް ބޭކާރުވެގެންދާނެ އެއްޗަކަށް ވެގެން ނުދާނެ ކަމަށާއި، މި އިން ކޮންމެ ވޯޓަކާއެކު، ވެފައިވާ ވައުދުތަކާއި އެއްގޮތަށް ގެންނަން ބޭނުންވާ ތަރައްގީ ހާސިލުކުރެވޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޑުރަގުގެ ބޮޑު މީހާ މަރާލުމާއެކު މެކްސިކޯގައި މުޒާހަރާ ފަށައިފި
5 ގަޑިއިރު ކުރިން

ދެ އިންތިޙާބު އެއްކޮލުމަށް ރައްޔިތުން ހޭލުންތެރިކުރަންޖެހޭ: އިލެކްޝަން
7 ގަޑިއިރު ކުރިން

އެމޭޒަން އަދި އަލީއެކްސްޕްރެސް ބްލޮކެއް ނުކުރޭ: ބީއެމްއެލް
8 ގަޑިއިރު ކުރިން

ޖަވާބުދާރީވާންޖެހެނީ ކައުންސިލުން: ހަލީމް
14 ގަޑިއިރު ކުރިން


.gif&w=3840&q=75)