logo
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގް ހަލީމް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގް ހަލީމް

ޖަވާބުދާރީވާންޖެހެނީ ކައުންސިލުން: ހަލީމް

profile

މުޙައްމަދު ފަޟްލޫން - 23 ފެބްރުއަރީ 2026 - 08:53

ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބަދަލުގައި ކައުންސިލުން ޖެހޭނީ ސަރުކާރަށް ޖަވާބުދާރީވާން ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެންސީގެ ފަރާތުން ގަލޮޅު ދެކުނު ޖަގަހަ ހުޅުވަން ބޭއްވުނު ހަފްލާގައި ހަލީމް ވިދާޅުވީ ލޯކަލް ކައުންސިލަށް އިންތިހާބު ކުރާ ކައުންސިލަރުން ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭނެ ކަމަށް އަޑު އިވެމުންދާ ކަމަށެވެ.

ހަލީމް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި އެފަދަ ކަމެއް ކުރުމަށް ކައުންސިލްތަކުގެ ޒިންމާގައި ހިމެނިފައިވާތަން ފެނިވަޑައިގެންފައިނުވާ ކަމަށެވެ.

ލާމަރުޒަކީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ދިމަކްރާތީ އަދި ޖަވާބުދާރީވެނެވި އުސޫލަކުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސަގާފީގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގުފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމްކޮށްދިނުމަށް ގާނޫނުގައި އޮންނަ ކަމަށް ހަލީމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ގިނަ މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ހަލީމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން މާލެ ސަރަހައްދުގައި ގާއިމްކުރަމުން އަންނަ އާބަން ޕްރައިމަރީ ހެލްތްކެއާ ސެންޓަރުތަކުން ހިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރައްވާ ހަލީމް ވިދާޅުވީ، ޕްރައިމަރި ހެލްތްކެއާއާއި ސިއްހީ ރައްކާތެރިކަމުގެ އަސާސީ ހިދުމަތްތައް ދިނުމަކީވެސް ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް މި މަސައްކަތް ކުރެވެމުން ދަނީ ރައްޔިތުންނަށް މި ހިދުމަތް ދިނުމަށް ރައީސް ބޭނުންފުޅުވާތީކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވައި ވޯޓް ދިނުމަށް އެދިވަޑައިގެންފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk