logo

އެސްޓިއޯ އިން އަގުހެޔޮކޮށް އޮރެންޖެ ލިބޭ!

profile

ޝަހްޒާ މުޙައްމަދު - 23 ފެބްރުއަރީ 2026 - 18:13

ބާޒާރުގެ ބައެއް ފިހާރަތަކުގައި އޮރެންޖުގެ އަގުބޮޑުވި ނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޮރެންޖުގެ އަގުތައް އެއްވަރެއްގައި ހެޔޮކޮށް އާންމުންނަށް ފޯރުކޮށްދޭންފަށައިފިއެވެ.

https://wamco.com.mv/

މިއަހަރުގެ ރޯދަމަހު މާލޭގެ ބާޒާރުގައި އޮރެންޖު ލިބުން ދަތިވެ، އޮރެންޖެއްގެ އަގު 15 ރުފިޔާއަށް އުފުލުނުކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް އެސްޓީއޯއިން އޮރެންޖު ކިލޯއެއް 40ރ. ގެ ރޭޓުން ލިބެއެވެ. އެހެންކަމުން އޮރެންޖެއްގެ އަގު ޖެހޭނީ 5.7ރ. އާއި 6.7ރ. ދެމެދަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބާޒާރުގައި އޮރެންޖު ލިބުން ދަތިފެގެންދިޔައީ، ޝިޕްމަންޓްތަކެއް ލަސްވުމާއި ގުޅިގެންނެވެ. ލަސްވެފައިވާ ޝިޕްމަންޓްތައް ކްލިއާވެ ބާޒާރަށް ނެރެން ފެށުމާއެކު، އޮރެންޖު ލިބުން އިތުރުވެ ބާޒާރުގެ އަގުތައް މިހާރު ވަނީ ދަށްވާން ފަށާފައެވެ. އަގުތަކަށް ބަދަލު އައީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުންތަކާއި، ސްރީލަންކާ އަދި އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ ލިބުން ލަސްވުމުންކަމަށް މައުލޫމާތުލިބެއެވެ. މިސްރާއި ދެކުނު އެފްރިކާ ފަދަ ގައުމުތަކުން މުދާ ގެނައުމުގައި ކޭޕް އޮފް ގުޑް ހޯޕް މަގުން ދަތުރުކުރަން ޖެހުމުން މުދާ ލިބުމަށް ހޭދަވާ ވަގުތު އިތުރުވިއެވެ.

އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ބާޒާރުގެ އަގުތައް މޮނިޓަރު ކުރަމުންދާއިރު، އެމްޕީއެލްއިން ދަނީ އަސާސީ މުދާ އަވަހަށް ކްލިއާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އޮރެންޖަކީ ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ބާވަތަކަށް ވާތީ، ފިހާރަތަކުން އަގު އުފުލުނު އިރު ވެސް އެސްޓީއޯއިން ދަނީ އަގު އެއްވަރެއްގައި ހިފަހައްޓަމުންނެވެ.

އޮރެންޖަކީ ދިވެހިން ރޯދަ ވީއްލާ ގަޑީގައި ފަނި ގިރުމަށާއި، އެހެނިހެން ބޭނުންތަކަށް ވެސް އާންމުކޮށް ބޭނުންކުރާ ، ޑިމާންޑް ބޮޑު މޭވާއެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk