logo

ލަންކާގައި އޮންނަ ފުޓް ވެއަރ އެންޑް ލެދާ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު

profile

ޝަހްޒާ މުޙައްމަދު - 23 ފެބްރުއަރީ 2026 - 15:08

ސްރީލަންކާގެ ކޮލަމްބޯގައި މިމަހު ފެށުމަށް ހަމަޖެހިފައިވާ ފުޓް ވެއަރ އެންޑް ލެދާ ފެއަރ 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވާގޮތުން މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކަމަށް ސްރީލަންކާގެ ސަރުކާރުން އެ މިނިސްޓްރީއާ ވަނީ ހިއްސާކޮށްފައެވެ. އަދި މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގައި ކަމަށްވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

https://wamco.com.mv/

މި މަޢުރަޒުގައި ފައިވާން، ބޫޓު، ލެދާ ނުވަތަ ޖަނަވާރު ހަމުން އުފައްދާ އުފެއްދުންތަކާއި މެޝިނަރީ އުފެއްދުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ގުޅުންހުރި ޚިދުމަތްތައް ދައްކުވައިދޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީއިން ބުންޏެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 27 އިން މާރިޗު މަހުގެ 2 އަށް ހަތަރު ދުވަހުގެ މުއްދަތަކަށެވެ.

މި މަޢުރަޒަކީ ކޮންމެ އަހަރަކުވެސް ސްރީލަންކާގައި ފުޓް ވެއަރ އެންޑް ލެދާ ދާއިރާއިން ކުރިއަށްގެންދާ މަޢުރަޒެކެވެ. މިއީ، މި މަޢުރަޒު ބާއްވާ 16 ވަނަ އަހަރެވެ. މީގެ ކުރިން ދިވެހިރާއްޖޭގެ ވިޔަފާރިތަކުން މި މަޢުރަޒުގައި ބައިވެރިވެފައެއް ނުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk