
ދެ އިންތިޙާބު އެއްކޮލުމަށް ރައްޔިތުން ހޭލުންތެރިކުރަންޖެހޭ: އިލެކްޝަން

ރިޟްވާން މޫސާ - 23 ފެބްރުއަރީ 2026 - 15:59
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ކުރިން ރައްޔިތުންގެ ޙިޔާލު ހޯދަން ޖެހޭ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ދެ އިންތިހާބު އެއްކޮލުމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގަ އެވެ.
އެދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެ އިންތިހާބު އެއްކޮލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއި، ލޯކަލް ކައުންސިލް އިންތިޙާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރީއްޔާ ވިދާޅުވީ މި ވޯޓާއި ހަމައަށް ދާއިރު ރައްޔިތުން ސަމާލުކަން ދޭން ޖެހޭ ކަންކަން ހުރި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ދުވަހެއްގައި ކައުންސިލް އިންތިޚާބާއެކު އާންމުންގެ ޚީޔާލު ހޯދުމުގެ ވޯޓުގެ ކަންކަން ކުރިއަށްގެންދަން ހަމަޖެހިފައިވިޔަސް ވޯޓުލުމުގެ މަރުހަލާއަށް މާ ބޮޑު ބަދަލުތަކަށް ނާންނާނެ ކަމަށެވެ. އެހެންނަމަވެސް ފެންނަ ނުފެންނަ ވޯޓަށް ޚާއްސަ ވޯޓު ކަރުދާހެއް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަކަރީއްޔާ ވިދާޅުވީ، މި ވޯޓަށްދާއިރު ރައްޔިތުން މި ސުވާލާއި އެއާއި ގުޅޭ އެންމެހައި މައުލޫމާތަށް ފަރިތަވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، މިކަމުގައި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ބޮޑު ދައުރެއް އެބައޮތް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޑުރަގުގެ ބޮޑު މީހާ މަރާލުމާއެކު މެކްސިކޯގައި މުޒާހަރާ ފަށައިފި
5 ގަޑިއިރު ކުރިން

އިދިކީލި ކައުންސިލްތަކެއް އޮތިއްޔާ ތަރައްގީއަށް ވަރަށް އުދަނގޫ ވާނެ: ރާފިއު
8 ގަޑިއިރު ކުރިން

އެމޭޒަން އަދި އަލީއެކްސްޕްރެސް ބްލޮކެއް ނުކުރޭ: ބީއެމްއެލް
8 ގަޑިއިރު ކުރިން

ގަލޮޅު ދެކުނު ދާއިރާ ޕީއެންސީ ޖަގަހަ ހުޅުވައިފި
15 ގަޑިއިރު ކުރިން


.gif&w=3840&q=75)