logo

ރާއްޖެއަށް ދަތިވިޔަ ނުދީ އިތުރު މާކެޓުތަކުން މުދާ ގެންނަނީ

profile

ރިޟްވާން މޫސާ - 24 މާރިޗު 2026 - 07:22

އިތުރު މާކެޓުތައް މެދުވެރިކޮށް ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވަނީ ވިދާޅުވެފަ އެވެ. މެދު އިރުމަތީގެ ތެލަށް ބަރޯސާ ވެފައި އޮންނަ އޮތުމުގެ ސަބަބުން ގިނަ ގައުމުތަކުގައި ތެލުގެ އަގާއި އިގުތިސާދީ ހީނަރުކަން ދަނީ ކުރިމަތި ވަމުންނެވެ.

https://wamco.com.mv/

ހަނގުރާމައިގެ ސަބަބަުން ރާޢްޖެއަށް ކުރާނެ އަސަރުތަކާއި، ދިވެހި ސަރުކާރުން އަޅަމުންދާ ފިވަޅުތައް ރައްޔިތުންނާއި ހިއްސާ ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރުންގެ ޓީމެއް ނަންގަވައި ކޮމެޓީއެއް އުފައްދަވާފަ އެވެ.

undefined

މި ކޮމެޓީގައި ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ އެކިއެކި ގޮންޖެހުންތަކުން އަރަައިގަތުމާއި، ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަކީ ކޮބައިކަން ނޫސްވެރިން މެދުވެރިކުރައްވައި ވަރަށް ފަސޭހަ ކަމާއެކު ރައްޔިތުންނާ ހިއްސާ ކުރެވިގެންދެ އެވެ.

އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވަނީ ރާއްޖެއަށް އިގްތިސާދީ ހީނަރުކަމެއް އަންނާނެ ކަމަށް ލަފާކޮށްވެސް ދިވެހި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ މަސައްކަތްތަކުގެ ކަންކަން މިވަގުތު ނިމި އިގްތިސާދީ މާކެޓް އެހެން ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ވަޒީރު މިއަދު ވަނީ ރާއްޖެއަށް މުދާ އެތެރެކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. ރާއްޖެއަކީ މުދާ އިމްޕޯޓުކުރާ ޤައުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެހެނިހެން މާކެޓްތަކުވެސް ރާއްޖެއަށް މުދާ އެތެރެކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަަމަށެވެ.

undefined

އެގޮތުން އިންޑޮނޭޝިއާއި އޮމާންއިން ކުރިން ނުގެންނަ ވަރަށް މިހާރު މުދާ ގެންނަމުންދާކަމަށެވެ. އަދި ޗައިނާ-ރާއްޖެ މިނިވަން ފިޔަފާރި އެއްބަސްވުމުގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވިޔަފާރީގެ ދާއިރާ ކުރިއަރުވަން ކުރެވުނު މަސައްކަތުގެ ދަށުން ތައިލެންޑާއެެކު ކޮމާޝަން އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމަށެވެ. މިއާއެކު ތައިލަންޑު ހިމެނޭހެން އިތުރު މާކެޓުތަކާއެކު ދުރުރާސްތާ ޕްލޭންއަކަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk