
ލޮޖިސްޓިކްސް މައި ނެޓްވޯކަށް ވަނުމުގެ ފުރުޞަތު އަމިއްލަ ކުންފުނިތަކަށް!

ރިޟްވާން މޫސާ - 24 މާރިޗު 2026 - 07:22
ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަށްޓަކައި ޤާއިމްކުރި މައި ނެޓްވޯކްގެ ތެރެއަށް ރާއްޖޭގައި ގާއިމްވެތިބި އަމިއްލަ ކުންފުނިތަކަށްވެސް ވަނުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ސައީދު ވިދާޅުވީ ރާއްޖޭގައި އޮންނަ ބައިނަލްއަޤުވާމީ ތިން ބަނދަރު ކަމަށްވާ މާލޭ ވިޔަފާރި ބަނދަރު، ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ލޮޖިސްޓިކަލީ ގުޅުވައިދޭނެ މައި ނެޓްވޯކެއް "އެންކާ" ގެ ނަމުގައި ހިންގަމުންދާ ކަމަށެވެ.
މި ނެޓްވޯކްގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިވެގެންދާނެ އެވެ.
ވަޒީރު ވިދާޅުވީ މި ނެޓްވޯކް ހިންގުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން އިސްދައުރެއް އަދާކުރަންޖެހޭނެ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހުއްޓުމެއްނެތި ފޯރުކޮށްދިނުން ކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ވަކިން ޚާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން މިފަދަ ނިޒާމެއްގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ.
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކޮށްފައިވީ ނަމަވެސް، އެސްޓީއޯއިން ރާއްޖެއަށް ބޭނުންވާ ތެލާއި، ގޭހުގެ ސްޓޮކް ހުސްނުވެ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ، ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭ ގޮތަށް ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށްވެސް ނިންމަވާފައެވެ. މި ރިޒާވް ޤާއިމްކުރުމަށް ނިންމަވާފައިވަނީ، ރާއްޖޭގެ 3 ސަރަޙައްދެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެއަށް ދަތިވިޔަ ނުދީ އިތުރު މާކެޓުތަކުން މުދާ ގެންނަނީ
7 ގަޑިއިރު ކުރިން
ތިނަދޫ ސިޓީ މަގު ހެދުމުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް މިއަދު ފަށައިފި
19 ގަޑިއިރު ކުރިން
ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފި
19 ގަޑިއިރު ކުރިން

އެކަކު އަނެކަކު ކުށްވެރިކޮށް ކާފިރު ކުރުމަކީ ރަޙްމަތުގެ ދީނުގެ ސިފައެއް ނޫން: ރައީސް މައުމޫން
20 ގަޑިއިރު ކުރިން


.gif&w=3840&q=75)