logo

ފުވައްމުލައްސިޓީގައި މިސްކިތެއްގެ ހުރުމަތް ކެނޑި މައްސަލައެއް ފެންމަތިވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 08 ޖުލައި 2025 - 16:41

ކުޑަކުދިންތަކެއް ފުވައްމުލައް ސިޓީގެ މިސްކިތެއް ތެރޭގައި ނަށާ ވީޑިއޯއެއްގެ މައްސަލަ ފެންމަތިވެއްޖެއެވެ.

https://wamco.com.mv/

މީސް މިޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެނިގެން ދަނީ ފަސް ފިރިހެން ކުދިން މިސްކިތެއްގެ ތެރޭގައި ނަށާ ވީޑިއޯއެކެވެ.

މި ވީޑިއޯގައި ލަވައެއްގެ އަޑުވެސް އިވޭއިރު، މިއީ މިސްކިތް ތެރޭގައި ކުޅުނު ޓިކްޓޮކް ވީޑިއޯއެއް ކަމަށްވެސް ބުނެފައި ވެއެވެ.

މި ވީޑިއޯއާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިއީ މައިންބަފައިންގެ އިހުމާލު ކަމަށްވެސް އެއްބަޔަކު ވަނީ ބުނެފައެވެ. އަނެއްބަޔަކު ބުނަނީ މިއީ ސްކޫލާއި މައިންބަފައިންގެ އިހުމާލުން ވީކަމެއް ނޫން ކަމަށެވެ.

މީގެ ކުރިންވެސް މިސްކިތް ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލަތަކެއް ކަމާ ގުޅުން ހުރި އިދާރާތަކުން ބަލާފައި ވެއެވެ. އެގޮތުން އުތުރުގެ ރަށެއްގައި މިސްކިތެއްގައި ޓީކްޓޮކް ކުޅުނު މައްސަލައެއް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.

މީގެ ކުރިން މާލޭގެ ސަލަމާން މިސްކިތު ގޯތި ތެރޭގައި ބިދޭސީންތަކެއް ޓިކްޓޮކް ހެދި މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

މިސްކިތްތަކުގެ ހުރުމަތާއި ކަރާމާތް ހިފެހެއްޓުމަކީ މުހިއްމު ކަމަކަށްވާއިރު، މިސްކިތްތަކުގައި ނިދުމާއި ކެއުން ބުއިން ފަދަ ކަންކަން ކުރާ މީހުންނާއި މެދު މީގެ ކުރިން ފިޔަވަޅު އަޅާފައިވެއެވެ.

https://etukuri.mv/
https://www.aslu.com.mv