logo

ޑިމޮކްރެޓިކް ނިޒާމުގެ ހާލަތު ގޯސްވަމުންދާ ކަމުގެ މައުލޫމާތު އެމްޑީޕީ އިން އީޔޫ ޕާލިމަންޓާ ހިއްސާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 03 ޖުލައި 2025 - 18:59

ސަރުކާރުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ހާލަތު ގޯސްވަމުންދާ ކަމުގެ މައުލޫމާތު އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޔޫރަޕިއަން (އީޔޫ) ޕާލިމަންޓާ ހިއްސާކޮށްފި އެވެ.

https://wamco.com.mv/

އީޔޫ އާއި ހިއްސާކުރި މައުލޫމާތަށް ފަހު ނެރުނު ނޫސްބަޔާނެއްގައި އެމްޑީޕީން ބުނީ، މިއީ ރާއްޖޭގެ ހާލަތާ ގުޅޭ މައުލޫމާތު ހިއްސާކޮށްދިނުމަށް އީޔޫ ޕާލިމަންޓުގެ ދެކުނު އޭޝިއާ ގައުމުތަކުގެ ގުޅުންތަކާ ބެހޭ ވަފުދު (ޑީއެސްއޭއެސް) އިން ދިން ދައުވަތަކަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އީޔޫގެ ވަފުދުން މަޝްވަރާކުރަން ބޭނުންވީ މިދިޔަ މެއި މަހުގެ ތެރޭގައި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ބްރަސްލްސްއަށް ގޮސް ހިއްސާކުރި މައުލޫމާތުގެ އަދާހަމަަ ހޯދުމަށެވެ.

ބްރަސްލްސްގައި ބޭއްވި މި ބައްދަލުވުމުގައި ޝާހިދުގެ އިތުރުން، އެމްޑީޕީގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުން ކަމުގައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް ނަސީމް އާއި ކުރީގެ އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި އެވެ.

ޔޫރަޕިއަން ޔޫނިއަނަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަ ސަފީރު، ގީލާ އަލީ ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މައިގަނޑު ފަސް ދައިރާއަކުން އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރި ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފަނޑިޔާރުގޭގެ މިނިވަންކަން ނިގުޅައިގަތުމާއި، ބާރުތައް މުށުތެރެއަށްލާ މުއައްސަަސާތަކުގެ ބާރު ކަނޑުވާލުމާއި މީޑިއާ އާއި މަދަނީ ޖަމިއްޔާތަކަށް ބިރުދެއްކުމުގެ އިތުރުން އިގުތިސާދީ ހާލަތު ގޯސްވުމާއި އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒޯފޯރުވަން މަގުކޮށަމުންދާ މައްސަލަ އީޔޫ އާއި ހިއްސާކޮށްފައިވާ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://www.aslu.com.mv