
Finance Minister Ameer.jpg
ސަރުކާރުގެ ދަތުރުތަކަށް 6 މިލިއަން ރުފިޔާ ހަރަދުކޮށްފިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި

އައިޝަތު ޝާނީ - 02 ފެބްރުއަރީ 2023 - 12:38
ސަރުކާރުގެ ދަތުރުތަކަށް 6 މިލިއަން ރުފިޔާ ހަރަދުކޮށްފިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ، މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ޖެނުއަރީ 26 ވަނަ ދުވަހާއި ހަމަޔަށް ސަރުކާރުގެ ދަތުރުތަކަށް 5.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ނަމަވެސް 2022ވަނަ އަހަރުގެ މި މުއްދަތުގައި ސަރުކާރުގެ ދަތުރުތަކަށް ޚަރަދުކޮށްފައިވަނީ 5 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ ފުރަތަމަ އެއްމަސް ދުވަސް ނުނިމެނީސް މިހާ ބޮޑު އަދަދެއް ސަރުކާރުން ޚަރަދުކޮށްފައިވާ ދަތުރުތަކުގެ ތަފްސީލެއް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭކަށް ނޯވެއެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ސަރުކާރުގެ އެއްވެސް އޮފީހަކުން އާ މަގާމުތައް ނުއުފެއްދުމަށާއި ދައުލަތުގެ ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތައް އަޅަން ފިނޭންސް މިނިސްޓްރީން، ސަރުކާރުގެ ހުރިހާ އިދާރާއަކަށް ވަނީ އަންގާފައިކަންވެސް ފާހަގަކޮށްލެވެއެވެ.
މިދިޔަ ޖެނުއަރީ މަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމްޑީޕީ ގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގިނަ ދަތުރުފުޅުތަކެއް ކުރައްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި އެމަނިކުފާނު އަރިހުގައި ސަރުކާރުގެ ގިނަ އަދަދެއްގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އެމްޑީޕީން އެމަނިކުފާނަށް ތާއިދު ކުރައްވާ އިސް ބޭފުޅުންގެ އިތުރުން ސަރުކާރުގެ އެކި އޮފީސްތަކުގެ ވެރިންނާއި ރައީސް އޮފީހުގެ މުވައްޒަފުންވެސް ބައިވެރިވެވަޑައިންނަވާފައިވެއެވެ. ރަޢީސް ސޯލިހްގެ ކެމްޕޭން ނިންމާ ޖަލްސާ ވެސް އޮތީ އައްޑޫ ސިޓީގެ ހިތަދޫގައިކަންވެސް ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުގެ ކެމްޕޭނަށް ދައުލަތުން ހަރަދު ކުރާކަމުގެ ތުހުމަތުތަކެއް އޭރުވެސް ފެންމަތިވެފައިވެއެވެ.
ސަރުކާރުން ދަތުރުތަކަށް އަބަދުވެސް ބޮޑު ހޭދައެއް ކުރާކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ އަހަރު ވެސް ދަތުރުތަކަށް 235.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރު ދަތުރުތަކަށް ބަޖެޓް ކޮށްފައިވަނީ 203 މިލިއަން ރުފިޔާކަން ވެސް ފާހަގަކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން