
އައްޑޫ ޢީދި ސަމާ 1446: 13 ވަނަ އިންޑިއަން އައިޑޮލްގެ ޓައިޓަލް ވިނަރ ރިޝީ ޕަފޯމްކުރާނެ!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 30 މޭ 2025 - 01:20
"އައްޑޫ ޢީދި ސަމާ 1446"ގެ އިވެންޓްތަކުގެ ތެރެއިން އައްޑޫ ހިތަދޫގައި ބާއްވަން ހަމަޖެހިފައިވާ މިއުޒިކް ޝޯވގައި ޕަފޯމްކުރަން އިންޑިއާގެ ފަންނާނެ ކަމަށްވާ ރިޝީ ސިންގް އަންނާނެކަން އިއުލާންކޮށްފިއެވެ.
ރިޝީއަކީ 2023 ގައި ސޮނީ ޓީވީން ގެނެސްދިން 13 ވަނަ "އިންޑިއަން އައިޑޮލް"ގެ ޓައިޓަލް ވިނަރއެވެ. އެ ޝޯ ކާމިޔާބު ކުރުމަށް ފަހު، ރިޝީ މިހާތަނަށް ވަރަށް ގިނަ ޝޯވތައް ދީފައިވެއެވެ.
އޭގެ ތެރޭގައި އިންޑިއާގެ އެކި ސްޓޭޓްތަކާއި އެ ގައުމުން ބޭރުގައިވެސް އޭނާ އެތައް ޝޯވއެއްގައި ޕަފޯމްކޮށްފައިވެއެވެ.
ރިޝީ ޕަފޯމްކުރުމަށް ހަމަޖެހިފައި ވަނީ ޖޫން 9 ވާ ހޯމަ ދުވަހުގެ ރޭ ހިތަދޫގައި ބާއްވާ "ދުންމާރި ޝޯވ"ގައެވެ. މިޝޯވ ފަށާނީ އެރޭ 20:00 ގައި ހިތަދޫ ސްޓޭޖް ސަރަހައްދުންނެވެ.
"އައްޑޫ ޢީދި ސަމާ 1446"ގެ މީޑިއާ ޕާޓްނަރަކީ އަސްލު ޓީވީއެވެ.
މިކަން އިޢުލާންކުރައްވާފައި ވަނީ، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރުއެވެ.
މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލާއި މުވައްސަސާތައް އަދި ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ އައްޑޫ ޢީދި ސަމާ 1446ގެ ކުޅިވަރުތަކާއި ހަރަކާތްތައް ދުރަށް ދައްކާނީ އަސްލު ޓީވީއިން ކަމަށެވެ.
މީޑިއާނެޓްގެ ޗެނަލް ނަމްބަރު 110 އަދި ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުން އަސްލު ޓީވީން ކޮންޓެންޓް ސްޓްރީމް ކުރަމުން އަންނައިރު، އައްޑޫ ސިޓީ މޭޔަރު ވިދާޅުވީ، އައްޑޫ ޢީދި ސަމާގެ ފޯރި މުޅި ރާއްޖެއަށް ދުރަށް ދެއްކުމަށް އަސްލު ޓީވީގެ ޓީމެއް އައްޑޫ ސިޓީއަށް ޒިޔާރަތްކުރާނެ ކަމަށެވެ.
އައްޑޫ ޢީދި ސަމާ 1446ގެ މީޑިއާ ޕާޓްނަރަކީ އަސްލު ޓީވީކަން ފާހަގަކުރައްވަމުން މޭޔަރު ނިޒާރު ވިދާޅުވީ، އަސްލު ޓީވީ މެދުވެރިކޮށް ވީހާވެސް ގިނަ ދިވެހީން އައްޑޫގެ ޢީދު ކުޅިވަރުތަކާއި ހަރަކާތްތައް ބަލާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މި ޓީމުގައި އަސްލު ޓީވީގެ ނޫސްވެރިންނާއި ޕްރެޒެންޓަރުން، ކެމެރާމަނުން، ޓެކްނީޝިއަނުން، އޮންއެއަރ އޮޕަރޭޓަރުން އަދި ޕްރޮޑިއުސަރުންގެ ކްރޫއެއް ހިމެނޭނެއެވެ.
އައްޑޫ ސިޓީގައި ކުރިއަށްގެންދާ ޢީދުގެ ހަރަކާތްތަކުގެ މަންޒަރާއި އަޑުތައް ރެކޯޑްކޮށްގެންނާއި ވަގުތުން ދުރަށްދައްކައިގެން، މުޅި ރާއްޖެއަށް އަސްލު ޓީވީން ފޯރުކޮށްދޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން