logo
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް---

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް---

އަހަރުގެ މިހާތަނަށް 4 ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި

profile

ޖިނާން ޙުސައިން ޖަބީން - 17 ނޮވެމްބަރު 2026 - 11:12

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 4 ލައްކައަށްވުރެ ގިނަ މީހުން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

އެ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، އަހަރުގެ މިހާތަނަށް ޖުމްލަ 1,888,354 (އެއް މިލިއަން އަށްލައްކަ އައްޑިހަ އަށްހާސް ތިންސަތޭކަ ފަންސާސް ހަތަރެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1,947,991 (އެއް މިލިއަން ނުވަލައްކަ ސާޅީސް ހަތްހާސް ނުވަ ސަތޭކަ ނުވަދިހަ އެކެއް) ފަތުރުވެރިންނާ އަޅާބަލާއިރު 3 އިންސައްތައިގެ ދަށްވުމެކެވެ.

މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނުގެ ތަފްސީލަށް ބަލާއިރު:

- ރިސޯޓުތަކުގައި: 1,369,388 (އެއް މިލިއަން ތިންލައްކަ ފަސްދޮޅަސް ނުވަހާސް ތިން ސަތޭކަ އަށްޑިހަ އަށެއް) ފަތުރުވެރިން

- ގެސްޓްހައުސްތަކުގައި: 403,888 (ހަތަރު ލައްކަ ތިންހާސް އަށްސަތޭކަ އަށްޑިހަ އަށެއް) ފަތުރުވެރިން

- ހޮޓެލްތަކުގައި: 41,301 ފަތުރުވެރިން

- ސަފާރީ އުޅަނދުފަހަރުތަކުގައި: 36,411 ފަތުރުވެރިން

ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ދުވަހުން ދުވަހަށް ކުރިއަރަމުން އަންނައިރު، މިވަގުތު ވެސް ރާއްޖޭގެ 20 އަތޮޅެއްގެ 111 ރަށެއްގައި ގެސްޓްހައުސްތައް ދަނީ ހިންގަމުންނެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ އެނދުގެ އަދަދަކީ 68,128 ކަމަށްވާއިރު، މީގެ ތެރެއިން 16,866 އެނދަކީ ގެސްޓްހައުސްތަކުގެ އެނދެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ އެނދުގެ ނިސްބަތުން ބަލާއިރު 25 އިންސައްތައެވެ.

https://wamco.com.mv/
tel:+9607331319