logo

ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 328 ހާހަށްވުރެ މަތިވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 27 އޮކްޓޯބަރު 2026 - 13:09

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޗައިނާ އިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 328,058 އަށް އަރައިފިއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓްގެ އެންމެ ކުރީގައި ޗައިނާ ހިމެނޭ އިރު ދެވަނަ އަށް 251,214 ފަތުރުވެރިންނާއެކު އޮތީ ރަޝިޔާއެވެ.

ރަޝިޔާގެ އިތުރުން އިނގިރޭސިވިލާތުން 133,337 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ޖަރުމަނުވިލާތުން 116,774 ފަތުރުވެރިން އަދި އިޓަލީވިލާތުން 104,140 ފަތުރުވެރިން އަހަރުގެ މިހާތަނަށް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ރިސޯޓްތަކަށް މިއަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު ގެސްޓް ހައުސްތަކަށް 375,306 ފަތުރުވެރިން ، ހޮޓެލް ތަކަށް 38,911 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުފަހަރުތަކަށް 33,281 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީއައިއޭ މެދުވެރިކޮށް އެތެރެ ވެފައިވާއިރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވެފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ.

https://wamco.com.mv/
tel:+9607331319