logo
ވެމްކޯގެ މުވައްޒަފުން

ވެމްކޯގެ މުވައްޒަފުން

މުވައްޒަފެއްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނާން: ވެމްކޯ

profile

މުޙައްމަދު ފަޟްލޫން - 27 އޮކްޓޯބަރު 2026 - 14:26

ގދ. ތިނަދޫ ސިޓީގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ކުށްވެރިކޮށް އެ މައްސަލައިގައި ވެމްކޯގެ މުވައްޒަފަކު ޝާމިލުވާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ދީފިއެވެ.

https://wamco.com.mv/

ތިނަދޫގައި ހިނގި ބަދުއަހުލާގީ މައްސަލައަކާ ގުޅިގެން ވެމްކޯއަށް އަމާޒުކޮށް މީސްމީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ވެމްކޯ އިން ވަނީ ނޫސްބަޔާނެއް އާއްމުކޮށްފައެވެ.

ވެމްކޯއިން އާއްމުކުރި ބަޔާނުގައި އެފަދަ ނޭއްގާނީ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމުގައި ބުނެފައެވެ.

މަސައްކަތުގެ މާހައުލުގައާއި އެ މާހައުލުން ބޭރުގައިވެސް މުވައްޒަފުންގެ އަހްލާގީ މިންގަނޑުތައް ރިވެތި ގޮތުގައި ދެމެހެއްޓުމަކީ އެ ކޯޕަރޭޝަންގެ އިންސާނީ ވަސީލަތްތަކާ ބެހޭ ސިޔާސަތުގެ މައިގަނޑު މަގްސަދުކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި ސިޔާސަތު ފަރުމާކުރެވިފައިވަނީ، އަހްލާގީ މިންގަނޑުން ބޭރުވެ، ނޭއްގާނީ ކުށްތައް ކުރާ ފަރާތްތަކަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅޭނެ ގޮތަކަށް ކަމަށްވެސް ބުނެފައިވެއެވެ.

ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާވަރަށް ހެކި ހުރެ، ތަހުގީގީ އިދާރާއަކުން އެއްވެސް މުވައްޒަފަކަށް އެފަދަ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަވަނީ، މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމަށެވެ.

https://wamco.com.mv/
tel:+9607331319