
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް ބަންގްލަދޭޝް ސަފީރު އިޙްތިރާމުގެ ޒިޔާރަތެއްކުރެއްވުން
ބަންގްލަދޭޝް ސަފީރު މަޖިލިސް ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

މުޙައްމަދު ފަޟްލޫން - 27 އޮކްޓޯބަރު 2026 - 14:18
ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ އެމް.ޑީ. ނަޒްމުލް އިސްލާމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް ކުރާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަނގަކުރެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހާއި ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝް ސަފީރު ހިޒް އެކްސެލެންސީ ޑޮކްޓަރ އެމްޑީ ނަޒްމުލް އިސްލާމް، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މުވައްޒަފެއްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނާން: ވެމްކޯ
2 ގަޑިއިރު ކުރިން

ލީބިޔާގެ ވައިގެ ސަރަހައްދުގެ ދަތިކުރުން އުވާލައިފި
2 ގަޑިއިރު ކުރިން

ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 328 ހާހަށްވުރެ މަތިވެއްޖެ
3 ގަޑިއިރު ކުރިން

މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ކަމަށް ޝަފްނީޒް އައްޔަނުކޮށްފި
4 ގަޑިއިރު ކުރިން


