logo

މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ކަމަށް ޝަފްނީޒް އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 27 އޮކްޓޯބަރު 2026 - 12:23

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީރާ ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަޙްމަދު ޝަފްނީޒް އައްޔަން ކުރައްވައިފިއެވެ.

https://wamco.com.mv/

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ތިން ނަމަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. ރުހުން ހޯދުމަށް ފޮނުއްވި ނަންތަކަކީ:

ސ. ހުޅުދޫ، ބަގީޗާގޭ، އަޙްމަދު ޝަފްނީޒް

ވ. މިއަރެސް، އަޙްމަދު މަޢުޞޫމް

ކ. ދިއްފުށީ، ކަނޑުގަސްދޮށުގޭ، މަރިޔަމް ޖައިދާ

މި ނަންތަކުގެ ތެރެއިން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް އައްޔަންކުރުމަށް، ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފާސްކޮށްފައެވެ. އެހެންކަމުން، އެ މަގާމަށް މިއަދު އޭނާ ރަސްމީކޮށް އައްޔަން ކުރައްވާފައިވާކަން ވަނީ އިއުލާނުކުރައްވާފައެވެ.

ޝަފްނީޒް ވަނީ މީރާގައި އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފައެވެ.

މީރާގައި ޖުމްލަ 15 އަހަރު ދުވަހުގެ ތަޖުރިބާ ޝަފްނީޒް ވަނީ ހޯއްދަވާފައެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމު ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.

https://wamco.com.mv/
tel:+9607331319