
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: މަޖިލިސް
އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 27 އޮކްޓޯބަރު 2026 - 12:19
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް އިތުރުކޮށް، އެ މަނިކުފާނުގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރަން ނިންމައިފިއެވެ.
މި ބަދަލާއެކު، އުއްތަމަ ފަނޑިޔާރަށް މަހަކު ޖުމްލަ 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މިހާރު އުއްތަމަ ފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވަނީ 91,000 ރުފިޔާއެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް މުރާޖާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
މެމްބަރު މަމްދޫހު ވިދާޅުވި ގޮތުގައި، މި ބަދަލު ހުށަހެޅުއްވީ ދައުލަތުގެ މުސާރަތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްފެންވަރެއްގެ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ދިނުމުގެ މަގްސަދުގައެވެ.
އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ އިނާޔަތްތައް މުރާޖާކޮށް، ހާއްސަ އެލަވަންސެއްގެ ގޮތުގައި 4,125 ރުފިޔާ އިތުރުކުރުމަށް މެންބަރު މަމްދޫހު ހުށަހެޅުއްވިއެވެ.
މި ހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95,000 ރުފިޔާއަށް ބޮޑުކުރުމަށާއި، ވަޒީރުންގެ ކާރު އެލަވަންސް އިތުރުކުރުމަށް ވެސް މާލިއްޔަތު ކޮމިޓީން ވަނީ ހުސްވި ހަފްތާގެ ބުދަ ދުވަހު ފާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 328 ހާހަށްވުރެ މަތިވެއްޖެ
ގަޑިއިރެއް ކުރިން

މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ކަމަށް ޝަފްނީޒް އައްޔަނުކޮށްފި
2 ގަޑިއިރު ކުރިން

ބަނގުރަލުގެ މައްސަލައެއްގައި ހިތަދޫއިން 2 މީހުން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ގަރާރުތަކަށް ދެން ބަހުސްކުރެވޭނީ މަޖިލީހުން ބަލައިގަތުމުން
2 ގަޑިއިރު ކުރިން


