logo
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް---

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް---

އަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

profile

ޖިނާން ޙުސައިން ޖަބީން - 03 ނޮވެމްބަރު 2026 - 14:07

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

އެ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އަހަރުގެ މިހާތަނަށް ޖުމްލަ 1,803,749 (އެއް މިލިއަން އަށްލައްކަ ތިންހާސް ހަތްސަތޭކަ ސާޅީސް ނުވަ) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,858,995 ފަތުރުވެރިންނާ އަޅާބަލާއިރު ގާތްގަނޑަކަށް 3 އިންސައްތައިގެ ދަށްވުމެކެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ލޮޅުމާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަސްކޮޅަކަށް ދަށްވި ނަމަވެސް، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އެ އަދަދުތައް އަނެއްކާ ވެސް ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން ހުސްވި އޮކްޓޫބަރު މަހު އެކަނިވެސް 194،039 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ޒިޔާރަތްކުރި 192،398 ފަތުރުވެރިންނާ އަޅާބަލާއިރު 0.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމަކީ ޗައިނާއެވެ. އެ ގައުމުން 332,186 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ލިސްޓުގެ 2 ވަނައިގައި އޮތް ރަޝިއާއިން 258,120 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި 3 ވަނައިގައި އޮތް އިނގިރޭސިވިލާތުން 136,527 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ފަތުރުވެރިކަމުގެ ސީޒަން ފެށިފައިވުމާއެކު، އަހަރުގެ ބާކީ އޮތް މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރުގެ އެހެން ދުވަސްތަކަށްވުރެ ބޮޑަށް އިތުރުވެ، ސަރުކާރުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެވޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

https://wamco.com.mv/
tel:+9607331319