
އަހަރުގެ މިހާތަނަށް ރާއްޖެއަށް 63 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މުޙައްމަދު ފަޟްލޫން - 12 އޮކްޓޯބަރު 2026 - 07:22
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 63 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމައި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 63,605 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ.
ޗައިނާ އިން މިހާތަނަށް 315,409 ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ޗައިނާގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ރަޝިޔާ އާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް އަދި އިޓަލީ ހިމެނެއެވެ.
މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރި ތަފާސް ހިސާބަށް ބަލާއިރު:
ރަޝިޔާއިން 237,883 ފަތުރުވެރިން
އިނގިރޭސިވިލާތުން 123,959 ފަތުރުވެރިން
ޖަރުމަނުވިލާތުން 105,867 ފަތުރުވެރިން
އިޓަލީ އިން 100,619 ފަތުރުވެރިން
އިންޑިއާއިން 94,422 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މުޅިޖުމްލަ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިތުރު އެއަރލައިންތައް ރާއްޖެ ގެނައުމުގެ މަސައްކަތް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅުމާއި ޓްރެފިކްކުރުމުގެ ތުހުމަތުގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ މަޝްރޫއުގެ ބޮޑުކަމުން: އަމީން
8 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ފެންހިންދާ ނިޒާމާއި ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަނީ
8 ގަޑިއިރު ކުރިން

ގުޅުންތަކުގެ ވިންދު - ދެމަފިރިންގެ ދެމެދުގައި އޮންނަ އިތުބާރު
8 ގަޑިއިރު ކުރިން


