logo

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ މަޝްރޫއުގެ ބޮޑުކަމުން: އަމީން

profile

މުޙައްމަދު ފަޟްލޫން - 12 އޮކްޓޯބަރު 2026 - 14:22

ހެލިކޮޕްޓަރުގެ ހިދުމަތް ފެށުން ލަސްވަނީ ފުޅާ މަޝްރޫއުގެ ބޮޑުކަމުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާތީ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަހާ ފޯރަމްގައި ރައްޔިތަކު ކުރިސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް މީގެ ކުރިން ދެ ތާރީހެއް ކަނޑައަޅާފައިވީ ނަމަވެސް، އެ މުއްދަތުގައި އަމަލީ މަސައްކަތް ނުފެށުނީ އެއީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރަންޖެހޭ ބޮޑު މަޝްރޫއަކަށް ވާތީ ކަމަށެވެ.

މީގެ އިތުރުން، 25 އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު ރާއްޖޭގައި އަލުން މި ހިދުމަތް ފަށާއިރު، ފުރިހަމަ ކުރަންޖެހޭ އިދާރީ އަދި ފަންނީ ކަންތައްތައް ގިނަކަން އަމީންވެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފަށާނީ ޔޫކޭ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލިކޮޕްޓަރު ހިދުމަތް ދިނުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަށް ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކާ އެކު، ހިދުމަތް ފެށުމުގެ އަމަލީ މަރުހަލާއާ ހަމައަށް ދިއުމަށް ދެން ހޭދަވާނީ ގާތްގަނޑަކަށް 2 ހަފްތާގެ މުއްދަތެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މި ހިދުމަތް ދިނުމަށް ހޮވޭ ކުންފުންޏަކަށް ރާއްޖޭގައި އެ މަސައްކަތް ކުރުމުގެ 10 އަހަރުގެ އެކްސްކްލޫސިވް ހައްގު ލިބިގެންދާނެ އެވެ. އޭގެ ބަދަލުގައި، އެ ކުންފުނިން ހިދުމަތް ފަށާ ދުވަސްވަރު ކުއްލި ހާލަތްތަކުގައި ބަލިމީހުން އުފުލުމަށް ސަރުކާރަށް މަހަކު 50 ގަޑިއިރުގެ ހިލޭ ހިދުމަތް ފޯރުކޮށްދޭން ޖެހޭނެ އެވެ.

މީގެ އިތުރުން ހިދުމަތް ފަށާތާ ތިންވަނަ އަހަރުން ފެށިގެން މަހަކު 100 އާއި 120 ގަޑިއިރާ ދެމެދުގެ އިތުރު ގަޑިއިރުތަކެއް ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން، ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ވަކި އަގެއް ކަނޑައަޅައިގެން ހެލިކޮޕްޓަރުގެ ހިދުމަތް ފޯރުކޮށްދިނުން ލާޒިމުވާނެއެވެ.

https://wamco.com.mv/
tel:+9607331319