logo

މާލޭ ބަނދަރުގެ މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅު އެޅުމަށް މޭޔަރު އާޒިމް ގޮވާލައްވައިފި

profile

އާމިނަތު ޝަޒްލާ - 12 އޮކްޓޯބަރު 2026 - 12:06

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް، މާލޭ ބަނދަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތަކުންނާއި، ބަނދަރުގެ އިންތިޒާމުތަކުން ކުރިމަތިވާ އުނދަގޫތަކާއި، ސަލާމަތީ ކަންކަމުގައި ހުރި ރަގަޅުނޫން ކަންކަމަކީ ދިގު މުއްދަތެއްގައި ހައްލުނުވެ ހުރި މައްސަލަތަކެއް ކަމުގައި ފާހަގަކުރައްވައިފިއެވެ.

https://wamco.com.mv/

މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މޭޔަރު އާޒިމް މިކަން ފާހަގަކުރައްވާފައިވަނީ އޭނާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވެފައިވަނީ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއާއެކު މި ބަނދަރަށް ކުރެއްވި ޒިޔާރަތެއްގައިވެސް މިކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މާލޭ ބަނދަރުގައި ދިގު މުއްދަތެއްގައި ހައްލުނުވެ ހުރި މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މާލޭ ބަނދަރަކީ ރާއްޖޭގެ ދިރިއުޅުމުގެ މުހިންމު ބަޔެކެވެ. ރަށްރަށުން މާލެއަށް އަންނަ ބޭފުޅުންނާއި، މާލެއިން ރަށްރަށަށް ދަތުރުކުރާ ގިނަ ބަޔަކު މި ބަނދަރު ބޭނުންކުރެއެވެ. ނަމަވެސް، މި ބަނދަރުން ދަތުރުފަތުރުކުރުމުގައި ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ގިނަ ކަމަށް ދަތުރުވެރިން އަބަދުވެސް ފާހަގަކުރެއެވެ. ބަނދަރުގެ ސާފުތާހިރުކަމާއި، ފަސޭހައިން ދަތުރުކުރުމަށް ހުރި އިންތިޒާމުތަކުގެ އިތުރުން ސަލާމަތީ ކަންކަމުގައިވެސް ގިނަ ފަހަރު ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ.

މޭޔަރު އާޒިމްގެ މި ގޮވާލެއްވުމާއެކު، މާލޭ ބަނދަރުގެ ހިދުމަތްތަކާއި އިންތިޒާމުތައް ރަނގަޅުކޮށް، ދަތުރުވެރިންނަށް ފަސޭހަ އަދި ރައްކާތެރި މާހައުލެއް ބަނދަރުން ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

https://wamco.com.mv/
tel:+9607331319