logo

މުލީ އެއާޕޯޓަށް ފުރަތަމަ ފްލައިޓް ޖައްސައިފި

profile

ޒިދާން މުޙައްމަދު - 25 އޭޕްރީލު 2025 - 14:30

ޓެސްޓް ފްލައިޓްތަކުގެ ފުރަތަމަ ފްލައިޓް މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް ކަމަށްވާ މުލި އެއާޕޯޓަށް ޖައްސައިފިއެވެ.

https://wamco.com.mv/

މިއަދު ޓެސްޓް ފްލައިޓް ޖެއްސި މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިފެށޭ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅެއްގައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2021 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މިއެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއާޕޯޓެކެވެ. މިމަސައްކަތް ކޮންޓެކްޓްކުރީ އެމްޓީސީސީއާއެވެ.

ޑޮމެސްޓިކް އެއާޕޯޓެއް މުލީގައި ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން ވަނީ ހިއްކާފައިވެއެވެ.

ޓްސްޓު ފްލައިޓްގެ ގޮތުގައި މުލީ އެއާޕޯޓަށް ޖައްސާފައި ވަނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ބޯޓެކެވެ.

ޓެސްޓް ފްލައިޓަކީ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން، އެކަމަށް ބޭނުންވާ އެސެސްމަންޓްތައްް ހެދުމަށް ކުރާ ދަތުރެވެ.

މުލި އެއާޕޯޓް ހިންގުމުގެ ޒިންމާ އޮތް ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީން ބުނީ އެސެސްމަންޓްތައް ނިންމައި، ވީހާވެސް އަވަހަށް ކޮމާޝަލް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މުލީ އެއާޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އަދި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އައު އެއާޕޯޓަށް ސަރުކާރުން 300މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.

https://etukuri.mv/
https://www.aslu.com.mv