
އަންނަ ބުރާސްފަތީގައި ވެކޭޝަންސް އެކްސްޕޯ 2025 ފަށަނީ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 13 އޭޕްރީލު 2025 - 07:05
މިއަހަރުގެ ވެކޭޝަންސް އެކްސްޕޯ އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ. މިއީ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގެ އެންމެ މަގުބޫލު އެކްސްޕޯއެވެ.
މި އަހަރުގެ އެކްސްޕޯގައިވެސް ފަތުރުވެރިކަމުގެ ދާއިރާގެ ނަން މަޝްހޫރު ވިޔަފާރިތަކާއި ރާއްޖޭގެ ގިނަ މަގުބޫލް ޓްރެވަލް އެޖެންޓުން ބައިވެރިވާނެ ކަމަށް ހައިރައިޒުން ބުނެއެވެ.
މި އެކްސްޕޯ ކުރިއަށްދާނީ އެޕްރީލް 17 އިން 25 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެހެން ފަހަރުތަކެކޭވެސް އެއް ގޮތަށް މިފަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ޗުއްޓީ ޕެކޭޖުތައް ލިބުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ ފުންނާބު އުސް ޓްރެވަލް އެޖެންޓުންނާއި މާހިރުންގެ ކިބައިން ދަތުރުކުރުމަށް ބޭނުންވާ ގިނަ މައުލޫމާތުތައް ލިބިގެންދާނެއެވެ. އެގޮތުން، މިހާރުގެ ޓްރެވަލް ޓްރެންޑުތަކާއި ޗުއްޓީ ރޭވުމުގައި ބަލަންވީ އެންމެ މުހިންމު ކަންކަމާ ގުޅޭ މައުލޫމާތު އެކި ސްޓޯލްތަކުން ލިބެން ހުންނާނެއެވެ.
މިއަހަރުގެ އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ސްޓޯލުތަކުން ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވޭ ލަކީޑްރޯތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 40 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ ވެކޭޝަންސް އެކްސްޕޯ 2025 ގައި އެއާލައިންތައް، ރިސޯޓުތައް، ގެސްޓްހައުސްތައް، އަދި ޓްރެވަލް އެޖެންޓުންނާއި މި ދާއިރާގެ ޖަމިއްޔާތަކުން އަދި އެކި ގައުމުތަކުގެ ސަރުކާރުގެ އިދާރާތަކުން ވެސް ބައިވެރިވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން