logo

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިޔަން ރުފިޔާ ލިބިއްޖެ

profile

އައިޝަތު އިނާޝާ - 17 މާރިޗު 2025 - 18:27

ރަަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ލިިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ފިތުރު ޒަކާތަކީ، ކޮންމެ މުސްލިމަކު، ތިމާއާއި، ތިމާ ހަރަދު ކުރަންޖެހޭ މީހުން، އީދު ވިލޭރެއާއި، އީދު ދުވަހު ކާނޭ ތަކެތި ހުރެފައި، އިތުރަށް ހުރި އެއްޗަކުން ތިމާ އާއި ތިމާ ހަރަދު ދިނުން ލާޒިމު އެންމެންގެ ފަރާތުން، ތިމާ ދިރިއުޅޭ މުޖުތަމައުގެ ފަގީރުންނަށް ދިނުން ފަރުޟު ކުރައްވައިފައިވާ ސަދަޤާތެކެވެ.

ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

އެގޮތުން މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ޒަކާތު ހައުސްގެ ކައުންޓަރުތަކުންނާއި އޮންލައިން ޕްލެޓްފޯމްތަކުން ފިތުރު ޒަކާތުގެ 2.9 މިލިއަން ރުފިޔާ ލިިބިފައިވެއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ވަނީ ފާއިތުވެދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތައްވެސް އާންމު ކޮށްފައެވެ. އެގޮތުން :

2021: 9 ލައްކަ ރުފިޔާ

2022: 1.09 މިލިއަން ރުފިޔާ

2023: 1.3 މިލިއަން ރުފިޔާ

2024: 1.6 މިލިއަން ރުފިޔާ

2025: 2.9 މިލިއަން ރުފިޔާ

ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރޯދަމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

އެސްއެމްއެސް އަދި އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުނަސް، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް ނޭނގޭ މީހުންނަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ދެއްކޭނެ އިންތިޒާމް މިނިސްޓްރީން ވަނީ ހަމަޖައްސައިފައެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނީ ދިރާގު އެޕް އަދި ދިރާގު ޕޭ، އުރީދޫ: އެމް ފައިސާ، އެމްއައިބީ: ފައިސާ މޯބައިލް އެކްސް، ބީއެމްއެލް: ބީއެމްއެލް މޯބައިލް އަދި ފަހިޕޭގެ އިތުރުން ބަނޑޭރިޕޭ މެދުވެރިކޮށެވެ.

ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު (2 މާޗް އިން 20 މާޗް) ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށެވެ. އަދި ފަހު 10 ގައި (23 މާޗް އިން 30 މާޗްއަށް) ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން މެންދުރުފަހު 2:00 އަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު

1. އާދައިގެ ހަނޑޫ: 12 ރުފިޔާ

2. ތައިލެންޑް ހުދު ހަނޑޫ: 62 ރުފިޔާ

3. ރަތް ހަނޑޫ: 86 ރުފިޔާ

4. ބާސްމަތީ ހަނޑޫ (އާދައިގެ): 74 ރުފިޔާ

5. ބާސްމަތީ ހަނޑޫ (މޮޅު) : 100 ރުފިޔާ

6. ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 133 ރުފިޔާ

7. އާދައިގެ ފުށް: 10 ރުފިޔާ

8. އާޓާ ފުށް: 75 ރުފިޔާ

ޒަކާތު ހައުސިން އިން ބުނީ މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށެވެ.

https://wamco.com.mv/
https://www.aslu.com.mv