
ހޭންޑްބޯލް މޯލްޑިވްސްގެ ޑިޖިޓަލް ޕާރޓްނަރ އަކަށް ދިރާގު ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިިން
ހޭންޑްބޯލް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ޔޫޝައު ހަސަން - 10 ފެބްރުއަރީ 2023 - 02:44
ހޭންޑްބޯލް މޯލްޑިވްސްގެ މިއަހަރުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދިރާގު ހެޑްއޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދުއެވެ. އަދި ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާއެވެ.
ދިރާގުން ހާމަކުރާ ގޮތުގައި އެ ޕާޓްނާޝިޕަކީ ޒުވާނުންނަށް އާ ފުރުސަތުތައް ފަހިކޮށްދީ ތަފާތު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުން ބާރުވެރިކޮށް، ހުނަރުވެރި ހޭންޑްބޯލް ކުޅުންތެރިންތަކެއް އުފެއްދުމަށް އެހީތެރިވެވޭނެ ކަމަށެވެ.
ދިރާގުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން އެކުންފުނިން ދަނީ ކުޅިވަރާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވައި އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން