logo
އަޑިއަށްދިޔަ ސީޕްލޭން، ނަގާފައިވާ ސްކްރީން ޝޮޓެއް،

އަޑިއަށްދިޔަ ސީޕްލޭން، ނަގާފައިވާ ސްކްރީން ޝޮޓެއް،

ޓީއެމްއޭގެ ސީޕްލޭނަކަށް ދިމާވި ހާދިސާއަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި: އެމްއޭސީއެލް

profile

އާމިނަތު ޝަޒްލާ - 11 ނޮވެމްބަރު 2026 - 13:17

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވޯޓާ އެއިރޯޑްރޯމް ސަރަޙައްދުގައި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ޓެކްސީ ކުރަމުން ދަނިކޮށް ހިނގި ހާދިސާއަކާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.

https://wamco.com.mv/

އެމްއޭސީއެލް އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަޙައްދުގައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ބޯޓު ޓެކްސީ ކުރަމުން ދަނިކޮށް ދިޔަވުމާ ގުޅިގެން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ހާދިސާ ހިނގުމާއެކު، އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ވަނީ ވަގުތުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި މި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދެމުން އަންނަ ކަމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް ވެސް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.

އެމްއޭސީއެލް އިން އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ސީޕްލޭންގެ އެއްވެސް ޚިދުމަތަކަށް ބުރޫއަރާފައި ނުވާ ކަމަށެވެ. އެގޮތުން ހުރިހާ ޚިދުމަތްތަކެއް ވެސް މެދުނުކެނޑި، އާންމު އުސޫލުން ކުރިއަށްދާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ފަހުން ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ޓީއެމްއޭގެ ބޯޓެއްގެ ކަނދު ބިންދައިގެން ގޮސް މިއަދު ހިނގި ހާދިސާގައި ކްރޫ އަކަށް ބޮޑެތި އަނިޔާތަކެއްވެގެން ހޮސްޕިޓަލުގައި ފަރުވާވެސް ވަނީ ދީފައެވެ.

https://wamco.com.mv/
tel:+9607331319