
މަސް ދޯންޏެއްގައި މީހުންތަކެއް މަސް ބާނަނީ
މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި

މުޙައްމަދު ފަޟްލޫން - 11 ނޮވެމްބަރު 2026 - 13:16
މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި މުބާރާތުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތު ކުރުމުގައި ޒުވާނުންގެ ދައުރު މިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ޝިއާރުގެ މައިގަނޑު މަގުސަދަކީ މި ސިނާއަތުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާނުންގެ މުހިއްމުކަން ހާމަކޮށްދިނުމެވެ.
މި މުބާރާތާއި އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށުގެ އުމުރުފުރާއާއި، 12 އަހަރުން މަތީގެ އުމުރުފުރާގެ އިތުރުން ބައިނަލްއަގުވާމީ ފަރާތްތަކަށް ހާއްސަ ބައެވެ.
މި މުބާރާތަށް ހުށަހެޅޭނެ ފަންނީ އުފެއްދުންތަކުގެ ތެރޭގައި ކުރެހުމާއި، ޕެއިންޓިންގ، ޑިޖިޓަލް އާޓް ގެ އިތުރުން ސްކަލްޕްޗަރ އަދި މިކްސްޑް މީޑިއާ ހިމެނެއެވެ.
މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކުން އަދި ހުށަހަޅާ ކޮންމެ ކެޓަގަރީއަކުން ވަކިވަކިންނެވެ. އެގޮތުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް -/5،000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ހަމަޖެހިފައިވާ ފޯމު ފުރުމަށްފަހު، ނޮވެމްބަރު މަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވުޒާރާއަށް ހުށަހަޅަންޖެހޭނެއެވެ.
މުބާރާތަށް ހުށަހަޅާ އާޓްވޯކްތައް ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަންވާނެ ކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޑްރޯން މެދުވެރިކޮށް ބޭސް ފޯރުކޮށްދޭން މަސައްކަތްކުރަނީ
ސިކުންތުކޮޅެއް ކުރިން

ޓީއެމްއޭގެ ސީޕްލޭނަކަށް ދިމާވި ހާދިސާއަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފި: އެމްއޭސީއެލް
8 ގަޑިއިރު ކުރިން

ރައްޔިތުންގެ ފައިސާއިން ހިއްކި ތަނެއް ބޭރުގެ ބަޔަކަށް ދޭކަށް އެއްވެސް ރައްޔިތަކު ބޭނުމެއް ނުވޭ: މައުރޫފް
8 ގަޑިއިރު ކުރިން

ރަސްމާލެ ދިނުމާ ދެކޮޅަށް ބާއްވާ ބޮޑު ރެލީގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
8 ގަޑިއިރު ކުރިން


