
ފޮޓޯ: ހަސަން ކުރުސީ
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން ފަށައިފި

އާމިނަތު ޝަޒްލާ - 13 ނޮވެމްބަރު 2026 - 16:04
ރަސްމާލެ މަޝްރޫޢުގެ ދަށުން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ގައުމީ ހަރަކާތް އިސްވެ އޮވެ ބާއްވާ ބޮޑު އެއްވުން މާލޭގެ އާޓިފިޝަލް ބީޗްގައި ފަށައިގެން ކުރިޔަށް އެބަދެއެވެ.
މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އެއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ރައްޔިތުންގެ ބަހެއް ނެތި ރަސްމާލޭގެ ބޮޑު ސަރަޙައްދެއް 99 އަހަރުގެ ދިގު މުއްދަތަކަށް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލަން ނިންމާފައިވާ ނިންމުމާ ދެކޮޅަށް އިހުތިޖާޖުކުރުމެވެ.
މި އެއްވުމުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އާއި ޕީއެންއެފްގެ ތުރުން ޢަދާލަތު ޕާޓީ އާއި ރަސްމާލެ ވިއްކުމާއި ދެކޮޅު ގިނަ އަދަދެއްގެ އާއްމުން ބައިވެރިވެރިވަމުންދާއިރު، މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ބައިވެރިވެ ވަޑައިގެންނެވުމަށް އެތަނަށް ވަނީ ވަޑައިގެންފައެވެ.
މުޅި ގައުމާއި ރައްޔިތުންގެ މަސްލަޙަތާ ގުޅިފައިވާ މިފަދަ ބޮޑު ނިންމުމެއް ނިންމަންވާނީ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ގައުމީ ހަރަކާތުން ބުނަމުންދިޔަ ނަމަވެސް، މި މަޝްރޫޢާ ގުޅިގެން އެފަދަ ވޯޓެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރުގްޔާކޮށްގެން ވިޔަސް ރައީސް މުއިއްޒު ހަމައަކަށް އަޅުއްވައިދެއްވާ: ރައީސް ޔާމީން
6 ގަޑިއިރު ކުރިން

މުޢިއްޒު މަޙުމޫދު ޢައްބާސަށް ހަދައި، ޤައުމު އަލްއައްބާރު ކައިރީ ކުޑަކަކޫ ޖައްސަން ފުރުޞަތެއް ނުދޭނަން: އިމްރާން
7 ގަޑިއިރު ކުރިން

ޤައުމު އިތުރަށް ކުރިއަށް ގެންދިއުމުގެ ޤާބިލުކަމެއް، ޙިކުމަތެއް، މުޢިއްޒުގެ ކިބަޔަކު ނެތް: ޢަލީ ޙުސައިން
7 ގަޑިއިރު ކުރިން

ދިވެހި ރައްޔިތުންނަށް ފިޔަވަޅު އަޅައިގެން ކުރެވޭނެ ވެރިކަމެއް ނޯންނާނެ: މައުރޫފް
7 ގަޑިއިރު ކުރިން


