
—
ޔަމަނުގައި ބޭއްވި ޗެރިޓީ ހަރަކާތެއްގައި ފިތިގެން 78 މީހުން މަރުވެއްޖެ

އިސްމާއިލް ފާރިޝް - 20 އޭޕްރީލު 2023 - 15:26
ޔަމަނުގެ ވެރިރަށް ސަންއާގެ ސްކޫލެއްގައި ފިތިގެން ހިނގި ހާދިސާއެއްގައި 78 މީހުން މަރުވެފައިވާ ކަމަށް ހޫތީންގެ އޮފިޝަލުންނާއި މީޑިއާތަކުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރަމަޟާން މަހުގެ ފަހު ދުވަސްތައް ފާހަގަކުރުމުގެ ގޮތުން އެގައުމުގެ ވިޔަފާރިވެރިން ހަވާލުކުރަމުން ދިޔަ 10 ޑޮލަރުގެ ޗެރިޓީ ހަދިޔާއެއް ލިބޭނެ ކަމުގެ އުއްމީދުގައި އެތައް ސަތޭކަ ބަޔަކު ސަނާގެ ސްކޫލަކަށް ޖަމާވުމުގެ ސަބަބުންނެވެ.
މި ހާދިސާގެ މަންޒަރުތަށް މިހާރު އެގައުމުގެ މީސްމީޑިއާ މަންސަ ތަކުގައި އާންމުވެފައިވާއިރު ހޫތީ ސިފައިން ވަނީ އެސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށް އެސަރަހައްދު އާންމު ހާލަތަށް ގެނައުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެސަރަހައްދު ކޮންޓްރޯލް ކުރުމަށް ސިފައިން ވަނީ ވައިގެ ތެރެއަށް ބަޑިވެސް ޖަހާފައެވެ.
މަންޒަރު ދުށް އަބްދުއްރަހްމާން އަހުމަދާއި ޔަހިއާ މޮހްސެން އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ ހަތިޔާރު އެޅި ހޫތީންގެ ސިފައިން ވައިގެ ތެރެއަށް ބަޑި ޖަހާފައި ވަނީ މީހުން ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ނަމަވެސް އަލްޖަޒީރާއަށް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.
ބައެއް ރިޕޯޓުތަށް ބުނާގޮތުގައި ހާދިސާ ހިނގަން މެދުވެރިވީ ސިފައިންގެ ފަރާތުން ހެދުނު ބޮޑެތި " ގޯސް " ތަކެއްގެ ސަބަބުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން