
މަސްވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

މުޙައްމަދު ފަޟްލޫން - 10 އޭޕްރީލު 2026 - 10:09
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމުގެ ސަަބަބުން މަސްވެރިކަމަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރީ މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އާ ބައްދަލުކުރައްވައެވެ.
މި ބައްދަލުވުމުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން 10 މާރިޗު 2026 ގައި އެމް.އެސް.ޕީ.އޭ އާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހަޅައިފަިވާ ކަންކަމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. އަދި މި ހާލަތުގެ ސަބަބުން ސިނާއަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ވަނީ ހިއްސާކުރައްވާފައިކަމަށް މަސްވެރިކަމާއި ބެހެ ވުޒާރާއިން ބުނެއެވެ.
މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި ދަތި ވަގުތުގައިވެސް ސަރުކާރަށް ދެއްވަމުންދާ ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރުން ވަނީ މަސްވެރިންނަށް ވިއްކާ ތެޔޮ އަގުބޮޑު ނުކުރާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީން ފްލެޓަށް ކުރިމަތިލާއިރު އެންސްޕާ ކާޑު ބޭނުން ކުރެވޭނެ: ހައުސިންގ މިނިސްޓްރީ
5 ގަޑިއިރު ކުރިން

އެސްޓީއޯ ރަމަޒާން ބާޒާރު ލަކީ ޑްރޯގެ ނަސީބުވެރިއެއް ހޮވައިފި
5 ގަޑިއިރު ކުރިން

ގާދިއްފުށި ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
5 ގަޑިއިރު ކުރިން

ނަފްސަށް އަނިޔާވެރިވުމަކީ މާތް ﷲ ހަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި އަމަލުތައްކުރުން: ހުކުރު ހުތުބާ
8 ގަޑިއިރު ކުރިން


.gif&w=3840&q=75)