
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
މިހާތަނަށް 56 އެމްބިއުލެންސް މާލެ ގެނެސް ރަށްރަށަށް ވަނީ ފޮނުވާފައި: ރައީސް

މުޙައްމަދު ފަޟްލޫން - 05 ފެބްރުއަރީ 2026 - 19:13
މިހާތަނަށް 56 އެމްބިއުލެންސް މާލެ ގެނެސް ރަށްރަށަށް ވަނީ ފޮނުވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްުޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާނުގައި ސިއްހީ ދާއިރާއިން ސަރުކާރުން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި މިއަހަރު ސަރުކާރުގެ އަމާޒާއި ލަނޑުދަނޑިތަކާއި ގުޅޭގޮތުން ހާސިލްކުރަން ބޭނުންވާ ކަންކަން ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
ބަލި މީހުން އުފުލުމަށް އިތުރު 31 އެންބިއުލާންސް އާއި 10 ޕެރަމެޑިކް އެމްބިއުލާންސް މިއަހަރުގެ މާޗް މަހުގެ ތެރޭގައި މާލެ ގެނެސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނެކަން ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.
އެމް.އެން.ޑީ.އެފުން ބަލަހައްޓަވާ ދިވެހިރާއްޖޭގެ ސީ އެމްބިއުލާންސް ނިޒާމު ހަރުދަނާ ކުރުމަށް ވެސް ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށާފައިވާއިރު ދުވަސްވެފައިވާ ބައެއް ސީ އެމްބިއުލާންސް މަރާމާތުކޮށް ބޭނުންކުރެވޭ ހާލަތަށް ވަނީ ގެނެސްފައެވެ.
އިތުރު 12 ސީ އެމްބިއުލާންސް މިއަހަރު ޚިދުމަތަށް ނެރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަހަރު ޚިދުމަތަށް ނެރޭ ފުރަތަމަ ސީ އެމްބިޔުލެންސް ނ. ވެލިދޫގައި މިހާރު ވަނީ ސްޓޭޝަން ކޮށް ހިދުމަތް ދޭން ފަށާފައެވެ.
މީގެ އިތުރުން އެއަރ އެމްބިޔުލެންސް ޚިދުމަތުގެ އަމިއްލަ ޤާބިލިއްޔަތުކަން ފުޅާކުރުމުގެ ގޮތުން، ރާއްޖެއިން ބޭރުގެ 4 ޤައުމަކަށް އެއަރ އެމްބިޔުލެންސް ގެ ދަތުރު ކުރެވޭ ގޮތަށް ހުރިހާ އިންތިޒާމެއް ނިމިދިޔަ އަހަރު ވާނީ ހަމަޖައްސާފައެވެ.
މިގޮތުން، 16 ނޮވެމްބަރ 2025 ގައި ސަރުކާރުގެ ޚަރަދުގައި ޔޫއޭއީ، ތައިލެންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް އެއަރ އެމްބިޔުލެންސް ގައި ބަލި މީހުން އުފުލުމުގެ ހުރިހާ އިންތިޒާމްތައް ހަމަޖައްސާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
ރާއްޖޭގެ އެތެރޭގެ އެއަރ އެމްބިޔުލެންސް ޚިދުމަތުގެ ޤާބިލިއްޔަތުކަން އިތުރު ކުރުމުގެ ގޮތުން މެޑިކަލް އިވެކުއޭޝަން ހެލިކޮޕްޓަރުގެ ޚިދުމަތް މިއަހަރު ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މުޅި ރާއްޖެ ހިމެނޭހެން ޔޫތު ޕާލިމެންޓެއް އުފައްދަން ސަރުކާރުން ވަނީ ނިންމާފައި: ރައީސް
3 ގަޑިއިރު ކުރިން

ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތައް ވަނީ މުރާޖަޢާކުރެވިފައި: ރައީސް
3 ގަޑިއިރު ކުރިން

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުން: ރައީސް
3 ގަޑިއިރު ކުރިން

ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ފަށައިފި
5 ގަޑިއިރު ކުރިން


