
ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ފަށައިފި

މުޙައްމަދު ފަޟްލޫން - 05 ފެބްރުއަރީ 2026 - 17:01
ކުޅުންތެރީންނަށް ޚާއްޞަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން މިއަދު ފައްޓަވައިފިކަން ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، އެކްސްގައި ހިއްސާކުރެއްވި ފޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަން ހާމަކުރައްވާފައިވެއެވެ. އަދި މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މިހާތަނަށް 56 އެމްބިއުލެންސް މާލެ ގެނެސް ރަށްރަށަށް ވަނީ ފޮނުވާފައި: ރައީސް
41 މިނިޓު ކުރިން

މުޅި ރާއްޖެ ހިމެނޭހެން ޔޫތު ޕާލިމެންޓެއް އުފައްދަން ސަރުކާރުން ވަނީ ނިންމާފައި: ރައީސް
ގަޑިއިރެއް ކުރިން

ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތައް ވަނީ މުރާޖަޢާކުރެވިފައި: ރައީސް
ގަޑިއިރެއް ކުރިން

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުން: ރައީސް
ގަޑިއިރެއް ކުރިން


