logo

މުޅި ރާއްޖެ ހިމެނޭހެން ޔޫތު ޕާލިމެންޓެއް އުފައްދަން ސަރުކާރުން ވަނީ ނިންމާފައި: ރައީސް

profile

މުޙައްމަދު ފަޟްލޫން - 05 ފެބްރުއަރީ 2026 - 19:08

މުޅި ރާއްޖެ ހިމެނޭހެން ޔޫތު ޕާލިމެންޓެއް އުފައްދަން ސަރުކާރުން ވަނީ ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ނެޝަނަލް ޔޫތު ކޮންފަރެންސްއެއް ބޭއްވުމަށް އަދި އެކި ރަށްރަށުގެ އެކި ދާއިރާތަކުން ޒުވާނުން ހިމެނޭހެން ޔޫތު ޕާލިމަންޓެއް އުފެއްދުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.

ޒުވާނުންގެ ބައިވެރިވުމާއި ޝާމިލްވުން އިތުރުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކުން ހިންގާ އެކިއެކި ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފެށުމާއެކު ޒުވާނުންނަށް އަމާޒުކޮށްގެން ރީ އިންޓަގްރޭޝަން ހަރަކާތްތައް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުށުގެ ވެށިން ޒުވާނުން ސަލާމަތްކޮށް ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށްވާނީ ނިންމާފައެވެ.

ޒުވާނުން މުނިފޫހިފިލުވުމާއި އާޓްސް ދާއިރާއިން ފަންނުވެރިންގެ ހުނަރު ތަރައްގީކުރުމާއި، މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުމާއި، ޒުވާނުންގެ މެދުގައި ކިޔުމާއި އުނގެނުމުގެ ރޫޙު އަށަގެންނަވުމަށްޓަކައި، ޔޫތު ހަބް ހުޅުވާ އެތަނުގައި ތައްޔާރުކުރެވިފައިވާ ފެސިލިޓީތަކުން ފޯރުކޮށްދިން ތަފާތު އެކިއެކި ޕްރޮގްރާމްތަކުގައި މިހާތަނަށް 680 ޒުވާނުންވަނީ ޚިދުމަތް ހޯދައްވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay