logo

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުން: ރައީސް

profile

މުޙައްމަދު ފަޟްލޫން - 05 ފެބްރުއަރީ 2026 - 19:07

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ރައީސް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް އިތުރުކޮށް 11.3 އިންސައްތައިގެ ކުރިއެރުމެއް ހޯދުން ކަމަށެވެ.

މި މަގުސަދު ހާސިލުކުރުމަށްޓަކައި، 2027 ވަނަ އަހަރަކީ ވިޒިޓް މޯލްޑިވްސް އިއަރ ގެ ގޮތުގައި ވަނީ އިއުލާންކުރައްވާފައެވެ.

ވިޒިޓް މޯލްޑިވްސް އިއަރ އަކީ ފަތުރުވެރިކަމުގެ ސިނާޢަތާ ސީދާގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެންމެހާ ފަރާތްތައް ގުޅިގެން ހިންގޭ ބޮޑު ހަރަކާތަކަށް ވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

2023 ވަނަ އަހަރު ފަތުރުވެރިކަމުގެެ ދާއިރާއިން ޓޫރިސްޓް ރިސޯޓެއް އަދި ހޮޓަލެއް ހުޅުވިފައިނުވި ނަމަވެސް ޖެހިގެން އައި 2024 އަދި 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް 6535 ޓޫރިސްޓް އެނދު ވަނީ އިތުރުވެފައެވެ.

މީގެ ތެރޭގައި މިދިޔަ އަހަރު ހުޅުވުނު 3 ރިޒޯޓް އާއި 2024 ގައި ހުޅުވުނު 3 ރިސޯޓުން އިތުރުވި 1474 އެނދާއި މިދިޔަ ދެ އަހަރު ހުޅުވުނު 3 ޓޫރިސްޓު ހޮޓަލުން އިތުރުވި 708 އެނދާއި ހުޅުވުނު 194 ގެސްޓްހައުސް އިން އިތުރުވި 3574 އެނދާއި ނެރުނު 22 ޓޫރިސްޓު އުޅަނދުން އިތުރުވިއެވެ.

މީގެ އިތުރުން ހޯމްސްޓޭ ފަތުރުވެރިކަމަށް ފާއިތުވި ދެއަހަރުގެ ތެރޭގައި ލިބުނު ކުރިއެރުމަށް ބަލާއިރު 316 އެނދު ވަނީ އިތުރުވެފައެވެ. އަދި 45 ޑައިވްސެންޓަރ މުޅިން އަލަށް ރަޖިސްޓްރީވެ ފަތުުރުވެރިކަމުގެ ދާއިރާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay