
ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތައް ވަނީ މުރާޖަޢާކުރެވިފައި: ރައީސް

މުޙައްމަދު ފަޟްލޫން - 05 ފެބްރުއަރީ 2026 - 19:08
ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް ވަނީ މުރާޖަޢާކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމާއި ބެހޭ ގޮތުން ގާނޫނުތަކަށް ގެނެވުނު އިސްލާހުތަކަށް ރިޔާސީ ބަޔާނުގައި ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށް ޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ވަނީ ލިބިދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު ވެސް ވަނީ މުރާޖަޢާކޮށް ޤާނޫނަށް ގެނެވުނު މިދެންނެވި މުހިންމު ބަދަލުތަކުގެ ސަބަބުން، މީގެ ކުރިން، މަސްތުވާތަކެތީގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި މަސްތުވާތަކެތީގެ ފަރުވާގެ ކަންކަމުގައާއި، ޤާނޫނީ ގޮތުން ދިމާވާ ހުރަސް ނުވަތަ ލޫޕްހޯލްތަކަށް، ވަނީ ފަރުވާއެއް ހޯދައިދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ރުޖޫޢަވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ވަރަށް އިސްކަމެއް މިސަރުކާރުން ދޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ޑްރަގް ރީހެބިލިޓޭޝަން ފަރުވާގެ ތެރޭގައި ދީނީ ގޮތުން ފިލާވަޅުތައް ނަގައިދިނުމުގެ ކަންކަން މިހާތަނަށް އެކަށީގެންވާ މިންވަރަކަށް ނެތުމުގެ ސަބަބުން، ފުރިހަމަ އިސްލާމީ ތަރުބިއްޔަތުގެ ފިލާވަޅުތައް ޑްރަގް ރީހެބިލިޓޭޝަން ޕްރޮގްރާމްގެ ރަސްމީ ބަޔަކަށް ހެދުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހިންގާ ރިސާލަތު ޕްރޮގްރާމް އެ މިނިސްޓްރީގެ ފަރާތުން ޑްރަގް ފަރުވާ ލިބިގަންނަ ކުދިންނަށް ހިންގައިދިނުމަށް މިހާރު ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އަނބުރާ މުޖުތަމައު އަށް ގެނައުމަށް ދޭންޖެހޭ ފަރުވާ މާލެ އާއި އަތޮޅު ތެރޭގައި ހަރުދަނާކޮށް އިތުރު ރިހިބިލިޓޭޝަން ސެންޓަރުތައް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިހާތަނަށް 56 އެމްބިއުލެންސް މާލެ ގެނެސް ރަށްރަށަށް ވަނީ ފޮނުވާފައި: ރައީސް
3 ގަޑިއިރު ކުރިން

މުޅި ރާއްޖެ ހިމެނޭހެން ޔޫތު ޕާލިމެންޓެއް އުފައްދަން ސަރުކާރުން ވަނީ ނިންމާފައި: ރައީސް
3 ގަޑިއިރު ކުރިން

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުން: ރައީސް
3 ގަޑިއިރު ކުރިން

ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ފަށައިފި
5 ގަޑިއިރު ކުރިން


