logo
ރައީސް އޮފީސް

ރައީސް އޮފީސް

މި ރޯދަމަހުގެ ފަހު 10 ދުވަސް ބަންދުވާނެ

profile

މުޙައްމަދު ފަޟްލޫން - 26 ފެބްރުއަރީ 2026 - 07:59

މިއަހަރުގެ ރޯދަމަހުގެ ފަހު ދިހަ ދުވަސް ބަންދުވާނެކަމަށް ސަރުކާރުން އިއުލާން ކޮށްފިއެވެ.

https://wamco.com.mv/

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ އަންނަ މާޗް މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ.

ރަމަޟާން މަހުގެ ފަހުދިހަ ދުވަހާއި ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިއަހަރުގެ ރޯދަ މަސް ފެށުނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރުވެސް ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދުކުރިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk