
މިނިސްޓަރ އިމްރާން
ވެރިކަން ކުރެވޭނީ ކަންކަން މެނޭޖް ކުރެވޭ މީހުންނަށް - އިމްރާން

އަހުމަދު ޒަލީފު - 07 ޖެނުއަރީ 2023 - 05:26
އެންމެ ރަނގަޅު ވެރިކަމެއް ކުރެއްވޭނީ އެންމެ މޮޅަށް މީހުން މެނޭޖް ކުރެވޭ މީހަކަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ދައްކާނެ ލައްކަ ގިނަ ވާހަކަ އެބަހުރި ކަމަށާއި، އަމިއްލަ ނަފްސު އިސްލާހު ނުކޮށް ގައުމާއި ރައްޔިތުންނަށް ރަނގަޅު ގޮތް ނުހޯދޭނެ ކަމަށް ބުނެ މީގެ ކުރިން ތަފާތު ދެ ޓުވީޓެއް އިމްރާން ކުރައްވާފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ވަނީ ގައުމުގެ މަސްލަހަތާ ގުޅިފައި ކަމަށާއި އެކަމަށް އެމްޑީޕީގެ މެމްބަރުން ވިސްނުމަށްވެސް އިމްރާން ވަނީ އެދިވަޑައިގަންނަވާފައެވެ.
އަދާލަތު ޕާޓީގެ ރައީސް ކަން ވެސް ކުރައްވާ އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ އާއި އަދާލަތު ޕާޓީ އާ ސީދާ ގުޅުން ނެތަސް، ގައުމީ މަސްލަހަތާ ގުޅުން ހުރި ގިނަ ކަންކަން ޕްރައިމަރީގެ ފަހަތަށް އެބަހުރި ކަމަށެވެ.
ވީއިރު އެމްޑީޕީގެ ހުރިހާ އިއްޒަތްތެރި މެމްބަރުން މިކަމަށް ފުންކޮށް ވިސްނާ ވަޑައިގަތުން މުހިންމު - އިމްރާން
އެމްޑީޕީގެ ޕްރައިމަރީގައި 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލެވެއެވެ. ޕްރައިމަރީގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 18 އާ ހަމައަށް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
އެމްޑީޕީގެ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޝަކުވާ ބަލާ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. އަދި ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމިޓީ އެއް ވެސް ވަނީ އެކުލަވާލައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން