.webp&w=3840&q=75)
ގާޒާ އިން ނުކުތުމަށް ރަފަޙް ބޯޑަރު ހުޅުވާލައިފި!

ރިޟްވާން މޫސާ - 01 ފެބްރުއަރީ 2026 - 13:06
ފަލަސްތީނުގެ ގާޒާއިން ނުކުތުމަށް އޮތް ހަމައެކަނި ދޮރު ރަހަފް ހުރަސް ނުވަތަ ރަފަޙް ގެ ދޮރު މިއަދު ހުޅުވާލައިފި އެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، ޔަހޫދީ އިޒްރާއީލުންނާއި ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި ބެހޭ ފުރަތަމަ އެއްބަސްވުމުގަިއ ވެސް އޮތީ ގާޒާގެ ރައްޔިތުންނަށް ރަފަޙްގެ ދޮރު ހުޅުވާލަދިނުމަށެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވެ އެއްބަސްވުން އުވާލި އިރުވެސް ޔަހޫދީން މިކަމަކަށް އަމަލުކޮށްފައެއް ނުވެ އެވެ.
ރަފަޙް ހުރަހަކީ ޔަހޫދީ ދައުލަތުގެ ތެރެއިން ދަތުރުކުރަން ނުޖެހި ޣައްޒާއިން ނިކުމެވޭ ހަމައެކަނި ދޮރާއްޓެވެ. 2024ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ ހުރަސް ހުރީ ބަންދުކޮށްފައެވެ.
ޔަހޫދީ ދިފާޢީ ވުޒާރާގެ ގުނަވަނެއް ކަމަށްވާ ކޯގެޓުން ބުނީ ރަފަޙް ހުރަސް ހުޅުވައިލުމަށް ނިންމާފައި ވަނީ ވަކި އުސޫލެއްގެ ދަށުން ހަމައެކަނި ޢާންމުންނަށް އެ ހުރަސް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި އެ ހުރަސް މެދުވެރިކޮށް މުދާ ނުއުފުލޭނެ ކަމަށެވެ.
ރަފަޙް ހުރަސް ބޭނުން ކުރުމަށް ޔަހޫދީންގެ ސަލާމަތީ ކްލިއަރެންސެއް ހޯދަން ޖެހޭނެއެވެ. އަދި ހުރަސްކުރުންތައް އިންތިޒާމް ކުރާނީ ޔަހޫދީންނާ މިޞްރާ ގުޅިގެންނެވެ. ހުރަ
ހާ ގުޅޭ ކަންކަން ބަލަހައްޓާނީ ވިލާތުގެ އިއްތިޙާދުގެ ބޯޑަރ ކޮންޓްރޯލް އޭޖެންޓުންނެވެ.
ރަފަޙްގެ ބޯޑަރު މާދަމާ ހުޅުވާލާއިރު ކުރިން ޣައްޒާއިން ބޭރުވެފައިވާ މީހުންނަށް އެ ފުރުޞަތު ނުލިބޭނެ ކަމަށެވެ. އެ ގޮތަށް އަނބުރާ އަންނަ މީހަކަށް ވެސް ޣައްޒާއަށް އެތެރެވެވޭނީ ޔަހޫދީންގެ ސަލާމަތީ ކްލިއަރެންސް ފުރިހަމަ ކުރުމަށް ފަހުގައެވެ. އަދި މީހުން ދެނެގަތުމާއި ސްކްރީން ކުރުމުގެ އިތުރު މަރުހަލާއެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ވެސް ޔަހޫދީން ބުނެފައިވެއެވެ.
ޔަހޫދީން ގާޒާގެ މުސްލިމުންނަށް ދޭ ނިކަމެތި ނޭއްގާނީ އަމަލުތަކުގެ ސަބަބުން މިޅު ދުނިޔޭގައި އެކަމުގެ ކަންބޮޑުވުން ފެތުރިފައިވާއިރު ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭ ގައުމުތަކުގެ އެކިއެކި އެހީ ތަކާއި، ކާބޯތަކެތި ފަދަ ތަކެތި ދިނުމަށްވެސް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ދެއްކޭނީ ބިރު! އީރާނު ފަހަތަކަށް ނުޖެހޭނަން މީ އިންޒާރެއް!
4 ގަޑިއިރު ކުރިން

"ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް" ދެން އޮތީ ތާރު އެޅުން: އެމްޓީސީސީ
4 ގަޑިއިރު ކުރިން

ސައްބީސް ހާސް ހަތްސަތޭކަ މަސްދަޅު ކޭސް ބަހައިފި
4 ގަޑިއިރު ކުރިން

އިންތިހާބަށް ފޯމު ހުށައެޅުމުގެ ސުންގަޑި ހަމަވެއްޖެ!
9 ގަޑިއިރު ކުރިން


