
ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕީއެންސީގެ ސަޕޯޓަރުންނާ ބައްދަލުކުރަނީ: ފޮޓޯ ރިލްވާން މޫސާ
މާލޭ މޭޔަރު ކެމްޕެއިން- ޕީއެންސީން ފޯރިގަދަ ކެމްޕެއިން ހަރަކާތެއް އަނެއްކާވެސް ބާއްވައިފި

ރިޟްވާން މޫސާ - 24 ޖެނުއަރީ 2026 - 12:31
މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓް މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ހަރަކާތެއް މިއަދު ހަވީރު އެޕާޓީގެ މައި ޖަހަގައިގައި ކުރިއަށް ގެންގޮސްފި އެވެ.
މިއަދު ހަވީރު 16:30 ގައި އެޕާޓީގެ މައި ޖަގަހައިގައި އޮތް ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ބައިވެރިވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ޕީއެންސީ އަށް ތާއީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އެކިއެކި އިދާރާތަކުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވާ ގިނަ ބަޔަކު ތިއްބެވެ.
މިއަދު ހަވީރުގެ މި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ އަނބިކަނބަލުންނާއި ސަޕޯޓަރުންނާއެކު ހާއްސަ ސައިފޮދެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް އިންވެސް ފޯރިގަދަ ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދާ މި ދުވަސްވަރު އެމްޑީޕީގެ އެއްވެސް ކެމްޕެއިން ހަރަކާތެއް ރަސްމީކޮށް ފަށާފައެއް ނުވެ އެވެ.
އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގައި ކަމަށެވެ.
މޫސާ އަލީ ޖަލީލްގެ ކެމްޕެއިން ހަރަކާތް ފެށުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެމަނިކުފާނު ރަށްޔިތުންނަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ ކަންބޮޑުވުން އެނގިލައްވާ ކަމަށާއި، މައްސަލަތައް ހައްލުކުރައްވާނީ ލޯތްބާއެކުގައި ކަމަށެވެ.
އެމަނިކުފާނަކީ ރައްޔިތުންގެ ޙިދުމަތުގައި ސިފައިން ގޭގައި ގިނަ ދުވަސްތަކެއް ވަންދެން އެތަކެއް ގުރުބާނީއެއް ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ މިއަދު ރައްޔިތުންގެ ޙިދުމަތުގައި ނުނިކުމެ ފިލަންވީތޯ ސުވާލު އުފައްދާ ކަމަށެވެ.
ވަރަށް ކެރި ހުރެ ގައުމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި ސާބިތު ކަންމަތީގައި ދެމި ހުންނެވިކަން ރައްޔިތުންނަށް އަރުވާ ކަން ފާހަގަކުރައްވައި ވިދާޅުވީ އަދިވެސް ރައްޔިތުންގެ ޙިދުމަތުގައި އޭރު ކުރެއްވި ޙިދުމަތް ކޮށްދެއްވުމުގައި ރައްޔިތުންނާއި، ގާތުން މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރު ހުރިހައި ރަށެއްގައި ލެބޯޓަރީ ގާއިމުކޮށް ނިންމާނަން: ހެލްތު މިނިސްޓަރު
6 ގަޑިއިރު ކުރިން

ދަރިވަރުންގެ ލޯނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޙަރަދުކޮށްފި
7 ގަޑިއިރު ކުރިން

ދަރަނިތައް ދެއްކުމަށް 5.1 ބިލިއަން ރުފިޔާ ހޭދަކޮށްފި
8 ގަޑިއިރު ކުރިން

ގެވެށި އަނިޔާގެ މައްސަލައެއްގައި ގަދަކަމުން މީހަކު ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން


