logo
މަތީ ތައުލީމު ހާސިލްކުރަމުންދާ އަންހެން ދަރިވަރުންތަކެއް

މަތީ ތައުލީމު ހާސިލްކުރަމުންދާ އަންހެން ދަރިވަރުންތަކެއް

ދަރިވަރުންގެ ލޯނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޙަރަދުކޮށްފި

profile

ރިޟްވާން މޫސާ - 24 ޖެނުއަރީ 2026 - 07:51

ސަރުކާރުން ތައުލީމަށްދޭ އަހަމިއްޔަތު ގެ ތެރެއިން މިހާތަނަށް ދަރިވަރުންގެ ކިޔެވުމަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރައްވާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގުވާމީ ތަޢުލީމީ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ރައްޔިތުންނާއި ހިއްސާކުރެއްވެވި ޕޯސްޓުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ތަޢުލީމީ ދުވަސް ފާހަގަކުރަމުންދާއިރު، ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާކަން ހަނދާންކުރަންޖެހޭކަމަށެވެ.

ތައުލީމީ ނިޒާމާއި ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވަނީ ތަޢުލީމީ ނިޒާމަކީ އެންމެންގެ ބައިވެރިވުން ހިމެނޭ، މުހިންމު، އަދި ބަދަލުތަކެއް ގެނުވައިދޭ ނިޒާމަކަށް ހެދުމަށާއި، ތަޢުލީމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަމަށްވެސް ވިފދާޅުވެފަ އެވެ.

މި ސަރުކާރުން ފާއިތުވި ދެ އަހަރުގެ ތެރޭގައި، ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭ ސްކީމުގެ ދަށުން 6,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކޮށްފައިވެ އެވެ. އަދި ދަރިވަރުންގެ ލޯނުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދޫކޮށްފައިވާތީ އެއީ ތައުލީމީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުވުމެއްކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފަ އެވެ.
ތައުލީމީ ވުޒާރާގެ ތަފާސްހިސާބަށް ބަލާއިރު 2025 ވަނަ އަހަރު 596 ދަރިވަރުންނަށްވަނީ ލޯނު ހަމަޖައްސައިދީފައެވެ. އަދި މިވީ 2 އަހަރުގެ ތެރޭގައި 1438 ދަރިވަރުންނަށްވަނީ ލޯނު ފޯރުކޮށްދީފައެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު 2798 ދަރިވަރަކު ފުރަތަމަ ޑިގްރީ ޕްރޮގްރާމްގައި މުޅިން އަލަށް ރަޖިސްޓްރީވެ، ސަރުކާރުން ދަނީ އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަމުންދިޔަ 3286 ދަރިވަރުން މިދިޔަ އަހަރު ދަސްވެނިވެފައިވެއެވެ. މި ދެ އަހަރުގެ ތެރޭގައި މި ޕްރޮގްރާމަށް 5863 ދަރިވަރުން މުޅިން އަލަށް ރަޖިސްޓަރކޮށް، ކިޔެވުން ދަނީ ކުރިއަށްގެންދަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay