logo
ފުލުހުން ތަހުގީގުކުރަމުންދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކުރަނީ

ފުލުހުން ތަހުގީގުކުރަމުންދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކުރަނީ

ގެވެށި އަނިޔާގެ މައްސަލައެއްގައި ގަދަކަމުން މީހަކު ހައްޔަރުކޮށްފި

profile

ރިޟްވާން މޫސާ - 24 ޖެނުއަރީ 2026 - 06:32

ގެވެށި އަނިޔާގެ މައްސަލައަކާއި ގުޅިގެން ގަދަކަމުން މީހަކުހައްޔަރުކޮށްފި އެވެ

https://wamco.com.mv/

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހައްޔަރުކުރީ ދ. މީދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ފުލުހުން ބުނީ ގެވެށި އަނިޔާގެ މައްސަލަ އެއް ފުލުހުންނަށް ހުށައެޅި ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން އެމީހާގެ ފޯނު ފުލުހުންގެ ތަހުގީގަށް ނެގުމަށް އުޅުމުން ފުލުހުންނަށް ނުކިމަންތެރިވެފަިއވާ ކަމަށެވެ.

ގެވެށި އަނިޔާގެ މި މައްސަލަ އާއި ގުޅިގެން މީދޫގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އެރަށު ޕޮލިސް ސްޓޭޝަން ކައިރިއަށްގޮސް ހިންހަމަނުޖެހުންވެސް ފާޅުކޮށްފަ އެވެ.

ހައްޔަރުކޮށްފައިވާ މި މިހާގެ މައްޗަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތުގަޔާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަ ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay