
މިއަހަރު ހުރިހައި ރަށެއްގައި ލެބޯޓަރީ ގާއިމުކޮށް ނިންމާނަން: ހެލްތު މިނިސްޓަރު

ރިޟްވާން މޫސާ - 24 ޖެނުއަރީ 2026 - 07:56
މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް ސިއްހީ ޙިިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ލެބޯޓަރީތައް ގާއިމުކޮށް އާންމު ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަޖައްސަވާނެ ކަމަށް ސިއްހީ ވުޒާރާއިން ބުނެފި އެވެ.
ސަރުކާރުން ގެނެސްދޭ ތަރުޖަމާނާއެކު ޕްރޮގްރާމުގައި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް ވިދާޅުވީ ސިއްހީ ނިޒާމުގައި ސަރުކާރުން އެންމެ އިސްކަންދެނީ އަތޮޅުތަކުގައި ޑައިގްނޯސްޓިކް ފެސިލިޓީތައް ވަރުގަދަ ކުރުމަށެވެ. ޑައިގްނޯސްޓިކް ފެސިލިޓީއަކީ އާންމު ޓެސްޓުތައް ހަދާ ލެބޯޓްރީ ފަދަ ތަންތަނެވެ.
މިނިސްޓަރު ވަނީ މި ސަރުކާރުން ސިއްހީ ޙީދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއްވެސް ހޯދާފައިވާކަން ފާހަގަކުރައްވާފަ އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައި އަވަސް ޙިދުމަތެއް ފޯރުކޮށްދިނުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި، މި ކަމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހަމިއްޔަތު ކަމެއްދޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެ މަސައްކަތް މި ސަރުކާރުން ފެށިއިރު، ލެބޯޓްރީގެ ޚިދުމަތް ނުލިބޭ 76 ރަށެއް އޮތެވެ. މި ގޮތުން، ޕޮއިންޓް އޮފް ކެއާގެ އުސޫލުން އާންމު ޓެސްޓުތައް އެ ރަށްތަކުގައި ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރަށް، ސަރުކާރުގެ ދެވަނަ އަމާޒަކަށްވީ ހުރިހާ ލެބޯޓްރީތައް ގާއިމުކުރުމުގެ މަސައްކަތް ފެށުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ތެރެއިން މިދިޔަ މަހު ހަތަރު ތަނެއްގައި ލެބޯޓްރީ ވަނީ ހުޅުވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދަރިވަރުންގެ ލޯނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޙަރަދުކޮށްފި
5 ގަޑިއިރު ކުރިން

ދަރަނިތައް ދެއްކުމަށް 5.1 ބިލިއަން ރުފިޔާ ހޭދަކޮށްފި
6 ގަޑިއިރު ކުރިން

ގެވެށި އަނިޔާގެ މައްސަލައެއްގައި ގަދަކަމުން މީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން

އެމެކރިކާއިން އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް އދ.އިންގޮވާލައިފި
8 ގަޑިއިރު ކުރިން


