
އެމެރިކާގައި އިމިގްރޭޝަންގެ ގާނޫނާއި އެއްގޮތަށް އަމަލުކުރަން އދ.އިން ވަނީ ގޮވާލާފަ
އެމެރިކާއިން އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް އދ.އިންގޮވާލައިފި

ރިޟްވާން މޫސާ - 24 ޖެނުއަރީ 2026 - 04:29
އެމެރިކާގައި އިންސާނީ ހައްގުތަކަށް އިޙްތިރާމްކުރުމަށާއި، އިންސާނީ ހައްގުތައް ދެެހެއްޓުމަށް އދ. އިން ގޮވާލައިފި އެވެ.
އެމެރިކާއަށް ކުރިމަތިވެފައިވާ އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހައްޤުތަކަށް އިޚްތިރާމު ކުރުމަށް އދގެ އިންސާނީ ހައްޤުތަކާބެހޭ ހައި ކޮމިޝަނަރު، ވޮލްކަރ ޓަރކް ވަނީ ގޮވާލައްވާފަ އެވެ.
އދއިން މިހެން ބުނެފައިވަނީ އެމެރިކާއިން އިމިގްރޭޝަން އާއި ގުޅުން ހުރި ކަންކަމުގައި ވަރަށް ބޮޑެތި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގަ އެވެ.
އދއިން ވަނީ އެމެރިކާއިން މީހުން ބަންދުކޮށް ހައްޔަރުކުރުމުގައިވެސް ބައިނަލް އަގުވާމީ މިންގަނޑު ތަކަށް ފެތޭނެހެން އެފަދަ ކަންކަން ކުރެއްވުމުގައި ނަސޭހަތްތެރިވެފަ އެެވެ.
އެމެރިކާގެ އިމިގްރޭޝަނާއި ކަސްޓަމްސް އެންފޯސްމެންޓުގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ މިނިވަން ތަހުޤީޤެއްް ކުރުމަށް ގޮވާލައްވައިފައެވެ. 2025ވަނަ އަހަރު 30 މަރު އަދި މި އަހަރުގެ މިހާތަނަށް މި ފަދަ ހަ މަރު ރެކޯޑު ކުރެވިފައިވާ ކަމަށް އދގެ އިންސާނީ ހައްޤުތަކާބެހޭ ހައި ކޮމިޝަނަރު، ވޮލްކަރ ޓަރކް ވިދާޅުވި އެވެ.
އދ އިން މިފަދަ ގޮތަކަށް އެމެރިކާ އަށް އަމާޒުކޮށް އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ގޮވާލާފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލް ޓްރަމް ވަނީ އެމެރިކާ އިސްވެ އޮވެ މުޅި ދުނިޔޭގައިވާ ބޮޑެތި މައްސަލަތައް ހައްލު ކުރަން ކަމަށް ބުނެ ސުލްހައިގެ ބޯޑެއް އެކުލަވާލާ ދުނިޔޭގެ 60 ގައުމަކުން ބައިވެރި ވުމަށް ފުރުސަތުވެސް ހުޅުވާލާފަ އެވެ.
އެބޯޑުގައި މިހާތަނަށް 20 ގައުމަކުންވެސް ވަނީ ބައިވެރިވެފަ އެވެ.






.gif&w=3840&q=75)