
ރަޝިޔާއިން ތެޔޮ ގަންނަން ސްރީލަންކާއިން މަޝްވަރާ ކުރަނީ

ރިޟްވާން މޫސާ - 13 މާރިޗު 2026 - 14:16
ދުނިޔޭގެ ހަކަތައިގެ ސަޕްލައި ޗޭނަށް ބުރޫއަރާފާނެކަމުގެ ކަންބޮޑުވުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ރަޝިޔާއިން ތެޔޮ ގަތުމާ ގުޅޭގޮތުން ސްރީލަންކާއިން އެ ގައުމާއެކު މަޝްވަރާތައް ފަށައިފިއެވެ.
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން މުޅި ދުނިޔެއަށް ވަނީ ތެލުގެ އަގު ބޮޑުވެ ތެޔޮ ލިބވުމުގެ ދަތިކަން ފޯރާފަ އެވެ. އިގްތިސާދީ މާހިރު ލަފާކުރައްވާ ގޮތުގައި ތެޔޮލިބުމުގެ މިދަތިކަމުގެ ތެރެއިން ތެލުގެ އަގު ކުރިން ހުރި އަގަށްވުރެ ދެ ގުނަ މިހާރު ވަނީ ބޮޑުވެފަ އެވެ.
ތެޔޮ ހޯދުމުގެ މަޝްވަރާތަކުގައި ސްރީލަންކާގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ވިޖިތަ ހެރަތު ވަނީ ރަޝިޔާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވަން އެސް. ޖަގަރްޔާންއާ މިއަދު ބައްދަލުކުރައްވާފައެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ކުއްލި ބައްދަލުވުމުގައި، މެދުކެނޑުމެއްނެތި ލަންކާއަށް ތެޔޮ ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި ރަޝިޔާއިން ތެޔޮ ގަތުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ރަޝިޔާގެ ސަފީރު ޖަގަރްޔާން ވަނީ، ސްރީލަންކާގެ މި ހުށަހެޅުން ލަސްނުކޮށް ރަޝިޔާ ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މޯދީގެ ކޯލެއް އީރާންގެ ރައީސަށް
6 ގަޑިއިރު ކުރިން

އިންޑިއާއިން ބަންގްލަދޭޝްއަށް ޑީސަލް ސަޕްލައި ކުރަނީ
ދުވަހެއް ކުރިން

ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެއްވެސް ބަޔަކަށް ނުދޭނަން: ޑރ.ޙަލީލް
ދުވަހެއް ކުރިން

ރާއްޖެ ނާދެވިފައި ތިބި 50 އުމުރާވެރިން ގެނައުމުގެ މަސައްކަތް ފަށައިފިން: ޝަހީމް
ދުވަހެއް ކުރިން


.gif&w=3840&q=75)