logo

މޯދީގެ ކޯލެއް އީރާންގެ ރައީސަށް

profile

ރިޟްވާން މޫސާ - 13 މާރިޗު 2026 - 14:16

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒޭޝްކިއަން ފޯނުން ގުޅުއްވައި، މެދުއިރުމަތީގައި އުފެދިފައިވާ ނުރައްކާތެރި ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

https://wamco.com.mv/

މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރުވެ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި އެއް ދޮރާށި ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަމަލީގޮތުން ބަންދުވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އީރާނުގެ ރައީސް މަސްއޫދު ޕެޒޭޝްކިއަންއާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ، އެ ސަރަހައްދުގައި ތާށިވެފައިވާ އިންޑިއާގެ ތެޔޮ އުފުލާ 20 އަށްވުރެ ގިނަ ޓޭންކަރުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކުރުމެވެ.

އިންޑިއާއަކީ ހަކަތައިގެ ބޭނުންތަކަށް މެދުއިރުމައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށްވާތީ، މި މައްސަލަ ހައްލުކުރުމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ދަނީ އީރާނާއެކު މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ފާއިތުވި މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހުރަސްކުރާ ހޮރްމޫޒް ކަނޑުއޮޅި ވަނީ އަމަލީގޮތުން ބަންދުވެފައެވެ. މީގެ ސަބަބުން، ސާފުނުކުރާ ތެލާއި، ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އަދި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ބަރުކޮށްގެން އިންޑިއާއަށް ދަތުރުކުރަމުންދިޔަ 20 އަށްވުރެ ގިނަ ޓޭންކަރު ވަނީ ތާށިވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk