
އަލް ނަސްރު އާއި އަލް އުޚްދޫދު ވާދަކުރި މެޗުގެ ތެރެއިން..
އަލް އުޚްދޫދު ބަލިކޮށް އަލް ނަސްރުން ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފި

ހަސަން ޝަމްއޫން - 12 އޭޕްރީލު 2026 - 10:37
ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އަލް އުޚްދޫދް އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެ އަލް ނަސްރުން ތާވަލުގެ ކުރީގައި ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް ނަޖުމާ އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އަލް އުޚްދޫދް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން އަލް ފަތޭހް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރުންނެވެ.
އަލް ނަސްރުގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ 15 މިނެޓުގައި އެޓީމުން ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 24 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި 24 ވަނަ ލަނޑެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމު ޕޯޗުގަލް ފޯވާޑް ޖޮއާއު ފެލިކްސް އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި އަލް ނަސްރުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތިޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ. އަދި މިއީ ލީގުގައި އަލް ނަސްރު ޖެހިޖެހިގެން މޮޅުވި 14 ވަނަ މެޗެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 28 މެޗުން އަލް ނަސްރަށް 73 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އަލް ހިލާލްއަށް 28 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި އަލް އުޚްދޫދު އިން ލީގުގައި ކުޅުނު 27 މެޗުން ހޯދި 16 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގައެވެ
ގުޅުން ހުރި ޙަބަރުތައް

ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާ އިން އެސްޕަނިއޯލް ބަލިކޮށްފި
9 ގަޑިއިރު ކުރިން

ބޯންމައުތު އަތުން އާސެނަލް ބަލިވެ، ސިޓީއަށް ލީގު ހޯދުމުގެ ފުރުސަތު ފަހިވެއްޖެ
ދުވަހެއް ކުރިން
.jpg&w=3840&q=75)
ރަށުން ބޭރުގައި ޕީއެސްޖީ އަތުން ބަލިވެ ލިވަޕޫލަށް ސެމީގެ ފުރުސަތު ހަނިވެއްޖެ
3 ދުވަސް ކުރިން

އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ ބަލިވެއްޖެ
3 ދުވަސް ކުރިން


.gif&w=3840&q=75)