
ޔަމާލް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..
ޔަމާލްގެ މޮޅު ކުޅުމާއެކު ބާސެލޯނާ އިން އެސްޕަނިއޯލް ބަލިކޮށްފި

ހަސަން ޝަމްއޫން - 12 އޭޕްރީލު 2026 - 10:33
ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި އެސްޕަނިއޯލް އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުން މޮޅުވެ ބާސެލޯނާ އިން ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި އެތްލެޓިކޯ މެޑްރިޑާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އެސްޕަނިއޯލް އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް ބެޓިސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ދެލަނޑުގެ ލީޑެއް ހޯދާފައެވެ. އަދި މިދެލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ފެރާން ޓޮރޭސް އެވެ. މިއީ އެޓީމުގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ތަނަވަސްކޮށްދިން ދެ ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ދެލަނޑެވެ.
ދެވަނަ ހާފުގައި އެސްޕަނިއޯލް އިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 56 ވަނަ މިނެޓުގައި ޕޯލް ލޮޒާނޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗު ނިމެންދަނިކޮށް ގާތްގާތުގައި ލަމީން ޔަމާލް އަދި މާކަސް ރަޝްފޯޑް ކާމިޔާބުކުރި ދެލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 31 މެޗުން ބާސެލޯނާއަށް 79 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 31 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވި އެސްޕަނިއޯލް އިން ލީގުގައި ކުޅުނު 31 މެޗުން ހޯދި 38 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

އަލް އުޚްދޫދު ބަލިކޮށް އަލް ނަސްރުން ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފި
9 ގަޑިއިރު ކުރިން

ބޯންމައުތު އަތުން އާސެނަލް ބަލިވެ، ސިޓީއަށް ލީގު ހޯދުމުގެ ފުރުސަތު ފަހިވެއްޖެ
ދުވަހެއް ކުރިން
.jpg&w=3840&q=75)
ރަށުން ބޭރުގައި ޕީއެސްޖީ އަތުން ބަލިވެ ލިވަޕޫލަށް ސެމީގެ ފުރުސަތު ހަނިވެއްޖެ
3 ދުވަސް ކުރިން

އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ ބަލިވެއްޖެ
3 ދުވަސް ކުރިން


.gif&w=3840&q=75)