logo
އާސެނަލް އާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން..

އާސެނަލް އާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން..

ބޯންމައުތު އަތުން އާސެނަލް ބަލިވެ، ސިޓީއަށް ލީގު ހޯދުމުގެ ފުރުސަތު ފަހިވެއްޖެ

profile

ހަސަން ޝަމްއޫން - 11 އޭޕްރީލު 2026 - 14:39

އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ބޯންމައުތު އަތުން އާސެނަލް ބަލިވެ، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލީގު ހޯދުމުގެ ފުރުސަތު ފަހިވެއްޖެއެވެ.

https://wamco.com.mv/

މިނަތީޖާއެކު ލީގުގައި ކުޅުނު 32 މެޗުން އާސެނަލްއަށް 70 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި 61 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ސިޓީއަށްވުރެ އިތުރަށް އެޓީމު ދެމެޗު ކުޅެފައިވާއިރު، ލީގުގައި މިދެޓީމު ސިޓީގެ ދަނޑުގައި ކުޅެންޖެހޭ މެޗު ކުރިއަށް އެބައޮތެވެ. އަދި މިމެޗުން ހޯދި ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 32 މެޗުން ބޯންމައުތައް 45 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަން އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބޯންމައުތުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އެލީ ޖޫނިއަރ ކްރޫޕީއެވެ.

އާސެނަލް އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ވިކްޓަރ ގްޔޮކަރޭސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމުގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ބޯންމައުތުން ދެވަނަ ފަހަރަށް ލީޑުހޯދީ ފަހުހާފުގެ 74 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެލެކްސް ސްކޮޓް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް އެވަނިލްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-2 ގެ ނަތީޖާއަކުން ބޯންމައުތު ކުރީގައި އޮވެގެންނެވެ. އަދި މިއީ މިއަހަރުގެ ފެބްރުއަރީ 11 ގެ ފަހުން ލީގު މެޗެއްގައި ބޯންމައުތު މޮޅުވި ފުރަތަމަ މެޗެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk